ޔާމީނަށް ވަފާތެރިވާތީ ބާރަށު ޝުޖާއަށް އަންނިގެ ތަހުނިޔާ
އަންނިއަށް ޔާމީނު އޯކޭ ވިޔަސް އިބޫއަށް ޔާމީނު އޯކޭއެއް ނޫން
ޓްވިޓަރގައި ވަކިވަކި މީހުންގެ އަބުރު ކަތިލާ ކޮށާ ކުދިކޮށް ހެދުމުގައި ދެވަނައެއް ނެތް ހަށިގަޑެއް ލިބިގެން ނުވާ ހަސަން ކުރުސީއަށް ޔާމީނު ވަރެއް މިހާރަކު ނެތެވެ. ހަސަން ކުރުސީގެ ތައުރީފާ ސަނާ ޔާމީނަށް ވަފާތެރި ކޮންމެ މީހަކަށް އޮއްސަމުން އެހެރަ ދަނީ އަމަށަކު ވަރަކަށް ނޫނެވެ.
ރައީސް ނަޝީދަށް މިހާރަކު ޔާމީނު ވަރެއް ނެތެވެ. ޔާމީނު އެމްޑީޕީ މީހުނަށް ދިން އަނިޔާއެއް ކުރި ވައްކަމެއް ނެތެވެ. މަރުވިއްޔާ ޝަރަފުގައި މަރުވާ ވަރަށް ޔާމީނުގެ މައްޗަށް ރައީސް ނަޝީދުގެ ލޯބި ވަނީ ޖެހިފައެވެ. ޔާމީނަށް ވަފާތެރި ކޮންމެ މީހަކީ ރައީސް ނަޝީދުގެ މިތުރެކެވެ.
ޔާމީނަށް ވަފާތެރިކަން ދެއްކުމުގައި ބާރަށު ޝުޖާއު ހުރީ ނިހާޔަތުގައެވެ. ބާރަށު ޝުޖާގެ އުފަން ދުވަހުގެ ތަހުނިޔާ އެންމެ އަސަރުހުރި ގޮތަކަށް ކިޔާ ފާހަގަ ކުރީ ހަސަން ކުރުސީއެވެ. ޔާމިނަށް ވަފާތެރި ކޮންމެ މީހަކީ ހަސަން ކުރުސީގެ މިތުރެކެވެ.
ރައީސް ނަޝީދުގެ އެކައުންޓެއް ކަމުގައި އެންމެންހެން ގަބޫލުކުރާ ޓްވިޓަރ އެކައުންޓަކުން ޔާމީނަށް ތައުރީފް ކުރާތަން ފެނި އެމްޑީޕީ މީހުން އަރަނީ އިންތިހާ ދަރަޖައިގެ ރުޅިއެކެވެ. އެ ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. ވާނީ އެހެންތާއެވެ.
މިހާރު ހިނގާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ރައީސް ނަޝީދަށް ކެމްޕޭންކޮށް ދެނީ ޕީޕީއެމް މަތިފަޑިންނެވެ. ޕީޕީއެމަށް ފަހި ނޫސްތަކާއި ޕީޕީއެމްގެ އިސްސަފުގެ ހުރިހާ ގައްދަރުން އެއްވާނަކަށް ކެންޕޭން ކުރަނީ ރައީސް ނަޝީދަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްދޭށޭވެ. ރަތްލާޖެހި ޕީޕީއެމް މީހުން މިހާރު އެމްޑީޕީ މީހުނަށްވުރެ އެމްޑީޕީއެވެ.
އެމްޑީޕީ މީހުނަށް ހަތް އަހަރު ވަންދެން ޔާމީނު ދިން އަނިޔާއާއި ޖެއްސި ހާލު މިއަދަކު ރައީސް ނަޝީދު ހަދާނެއް ނެތެވެ. ތިމާގެ ވެރިކަން ވައްޓާލާ މަގުމަތިކޮށްލުމުން ތިމާއަށްޓަކާ ޖާނުން ގުރުބާންވީ އެމްޑީޕީ ފަހުލަވާނުންގެ މައްޗައް ކުޑަވެސް ލޯތްބެއް ކުލުނެއް ރައީސް ނަޝީދުގެ އޮތްނަމަ އާރާ ބާރުގެ ދަހިވެތި ކަމުގައިވިޔަސް ޔާމީނެއް އޯކޭއެއް ނުވާނެއެވެ.
އާނއެކެވެ. އެމްޑީޕީގެ ހަގީގީ ލީޑަރ ރައީސް ސޯލިހު އެ ހުންނެވީ ވެރިކަމަށްޓަކާ އެމްޑީޕީގެ ފަހުލަވާނުން ގުރުބާން ކުރައްވާކަށް ނޫނެވެ. އިބޫ ހުރީ ދުވަހެއްގައި ވެސް އެމްޑީޕީގެ ހީވާގި ވަފާތެރި މެންބަރުނަށް ޔާމީނު ދިން އަނިޔާތަކާއި ޔާމީނާ އޯކޭ ވާގޮތަކަށް ނޫނެވެ. އަންނި ޔާމީނަށް އޯވެ ވިޔަސް އިބޫއަށް ޔާމީނު އޯކޭއެއް ނޫނެވެ.