އަމާޒަކީ އުޒުރު ނުދައްކާ މައްސަލަތަކަށް ހައްލު ހޯދައިދިނުން: އާޒިމް

އަމާޒަކީ އުޒުރު ނުދައްކާ މައްސަލަތަކަށް ހައްލު ހޯދައިދިނުން: އާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް މާލެ ސިޓީގެ ރައްޔިތުންނަށް އެންމެ ފަހު ވަގުތުވެސް ދެއްވަނީ ތަފާތު މެސެޖެކެވެ. އުހުލާސް ތެރި މެސެޖެކެވެ. ބަދަލު ހިފުމެއް ޖަދަލުކުރުމެއް ނެތްކަމުގެ މެސެޖެވެ. ބަހަނާ ނުދައްކާ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ނިކުމެ ހުރި ކަމުގެ މެސެޖެވެ.

އާދަމް އާޒިމުގެ މެސެޖު ވަރަށް ސާފެވެ. ވަރަށް ސާދާއެވެ. އެހާމެ އިހުލާސްތެރިއެވެ. ދެގޮތެއްނުވެ މާލެސިޓީގެ ހިދުމަތުގައި ހުންނެވިކަން ސާބިތުކޮށްދެއްވައިފިއެވެ. އާޒިމް ބަސްވިދާޅުވެއްޖެއެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.

އާޒިމްގެ މެސެޖު:

" ވަރަށް އާދައިގެ ގޮތަކަށް ފެށި މި ދަތުރުގައި، މިއަދު މިހިސާބަށް އާދެވިފައި މިވަނީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި ކުރެވުނު ބުރަ މަސައްކަތުންނެވެ.

އަޅުގަނޑުގެ ހަމައެކަނި މަގްސަދަކީ އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމެވެ. އަދި ދުވަހުން ދުވަހަށް އެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމެވެ.

އަޅުގަނޑުގެ އާއިލާއާއި، ގާތް ރަހުމަތްތެރިންނާއި، އެކުގައި މަސައްކަތްކުރާ އެކުވެރިން ދެއްވާ ބަދަލެއްނެތް އެއްބާރުލުމަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ހާއްސަކޮށް އަޅުގަނޑުގެ މައިންބަފައިންނާއި، އަނބިމީހާއާއި ދަރިންގެ ފަރާތުން ލިބޭ ހިތްވަރާއި އެހީތެރިކަން ފާހަގަކުރަމެވެ. މިއީ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ ދަތުރެކެވެ.

އަޅުގަނޑުމެންގެ މުޖުތަމައަކީ ސާބިތުކަމާއި، އަމަލީ މަސައްކަތާއި، ފެންނަން ހުރި ނަތީޖާއަށް ބޭނުންވެފައިވާ މުޖުތަމައެކެވެ. އެންމެން ފަހުރުވެރިވާފަދަ މާލެ ސިޓީއެއް ބިނާކުރުމަށްޓަކައި، އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމުގައި އަޅުގަނޑު ސާބިތުކަމާއެކު ދެމިހުންނާނަމެވެ.

އުޒުރު ދެއްކުމުގެ ބަދަލުގައި އަޅުގަނޑުގެ އަމާޒަކީ ހަމައެކަނި މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ. ސަބަބަކީ ހަގީގީ ކުރިއެރުމަކީ، ރައްޔިތުންގެ ގާތަށް ގޮސް، އަޅުގަނޑުމެން މި ހިދުމަތް ކުރަނީ ކޮން ބަޔަކަށްކަން އަބަދުމެ ހަނދާނުގައި ބަހައްޓައިގެން ކުރާ މަސައްކަތުން ލިބޭ އެއްޗަކަށްވާތީއެވެ."