މާލޭ ރައްޔަތުން އެދޭ މާލެ ހޯއްދަވާ ދެއްވޭނީ އާދަމް އާޒިމަށް
މޭޔަރ އާދަމް އަޒިމަކީ މިވަގުތު ހުންނެވި އެމްޑީޕީގެ އެންމެ ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތެވެ. ގައުމީ ހިދުމަތުގައި މިވަގުތު ހުރި އެންމެ ވަރުގަދަ އެމްޑީޕީ އެއް ފަހުލަވާނެވެ. ސިޔާސީ ގޮތުން އިންތިހާބުވެގެން ހިދުމަތުގައި ހުންނެވި އެމްޑީޕީގެ ކުރިބޯއްޓަކީ އާދަމް އާޒިމެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ މޭޔަރެވެ.
މާލެ ސިޓީ ކައުންސިލްގެ ބޮޑު މެޖޯރިޓީ އެމްޑީޕީގެ ފިކުރާ ދެކޮޅު މީހުން ކޮންޓްރޯލް ކުރާއިރު އެމްޑީޕީގެ ފިކުރާ އެއްގޮތަށް މާލެ ސިޓީ ބައްޓަން ކުރުމުގައި އާޒިމްކުރައްވަމުން ގެންދަވަނީ ގޮންޖެހުން ބޮޑު އެހެނަސް ކާމިޔާބު މަސައްކަތް ތަކެކެވެ. ރައްޔިތުންގެ ހެވާ ލާބައަށް ކުރައްވަންހުރީ ކޮންކޮން ކަންތައް ތަކެއްތޯ ބައްލަވައިގެން ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގައި އާދަމް އާޒިމަކީ ލާމަސީލު މިސާލެކެވެ.
އާދަމް އާޒިމް ނޫނަސް އެތައް ބަޔަކު މާލޭ މޭޔަރކަން ކޮށްފިއެވެ. އާދަމް އާޒިމް އެ ދައްކަވާ ވަރުގެ ތަފާތެއް ދެއްކެވުނު ބޭފުޅަކު މާލޭ މޭޔަރކަމެއް ނުކުރައްވައެވެ. ރައްޔިތުންނާއި ގާތުން މަސައކަތްކުރައްވާ ނަތީޖާ ނެރެދެއްވުމަށް އާޒިމް ވަރެއް ހަމަނެތެވެ.
މާލެ ސިޓީއަކީ ހިތްފަސޭހަ ފިނި އަމާން ތަނަކަށް ހެއްދެވުމަށް ގިނަ ކަންތައްތަކެއް ކުރައްވަމުން މިހާރު ގެންދެވިޔަސް ކުރައްވަންހުރި ކަންކަން އަދިވެސް ވަރަށް ގިނައެވެ. ބައި އިލެކްޝަނެއްގައި ލިބި ވަޑައިގެން އެންމެ ދެ އަހަރަކުން މާލޭ ރައްޔުތުން އެދޭ މާލެއެއް ހޯއްދަވައެއް ނުދެއްވޭނެއެވެ. އެދޭ މާލެ ހޯދުމަށްޓަކައި އާދަމް އާޒިމަށް ފަސްއަހަރުގެ ދައުރެއް ދެއްވުމުން ރައްޔިތުން އެދޭ މާލެ ހޯއްދަވާ ދެއްވާނެ ކަމާމެދަކު ޝައްކެއް ނެތެވެ. ސިޔާސީ ކޮންމެ ފިކުރެއްގެ ބަޔަކާއެކުވެސް އެދޭ މާލެ ހޯއްދަވާ ދެއްވުމުގައި ސާބިތުވެ ހުންނަވައިގެން އަމާޒަށް ވާސިލުވެވޭނެ މޭޔަރަކީ އާދަމް އާޒިމްކަމާ މެދަކު ސުވާލެއް ނެތެވެ.
މޭޔަރ އާދަމް އާޒިމް ގެ ކާމިޔާބަކީ އިހުލާސްތެރިކަމާއެކު ކުރައްވާ އަމަލީ މަސައްކަތެވެ. ނަތީޖާ ނެރެދެއްވަނީ އަމަލުންނެވެ. އާދަމް އާޒިމް ނަތީޖާ ނެރެދެއްވަނީ ގޮނޑި ހޫނު ކުރައްވައިގެނެއް ނޫނެވެ. ސަޅި ބައިސާއާއި ހިޔާލީ ފޮލާއަކުންވެސް ނޫނެވެ. ކުޑައެއް ބޮޑެއް މޮޅެއް ދެރައެއް ނުބަލާ ކޮންމެ ކަމެއް ލޮލުންދެކި އަތުން ހިފައިގެންނެވެ. ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުންނާއި ގާތުން ކުރައްވާ މަސައްކަތުންނެވެ.

