ރަސްމާލެ ޕްރޮޖެކްޓުން ދިވެހިވަންތަކަން ގެއްލިގެންދާނެ: ކުރީގެ ޕޮލިސް ކަމިޝަނަރ
ރައީސް ޔާމިނުގެ އަޒުމުގެ ސާބިތުކަމަށް ކުރުނީސްކުރެވޭ
13 ނޮވެމްބަރ 2026 އެއްވުމަކީ ވަރަށް ކާމިޔާބު އެއްވުމެއްކަމަށާއި ގިނަގުނަ މައުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވުނު އެއްވުމެއް.ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ރޭގެ އެއްވުމަކީ ވަރަށް ކިޔަމަންތެރިކަމާއި އެކު ރައްޔިތުންގެ ކަންބޮޑުވުން ރައްޔިތުންހޮއްވެވި ފަރާތްތަކަށް ފޯރުކޮށްދެވުނު އެއްވުމެއް ކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވިއެވެ.
ގައުމީ ހަރަކާތުގެ ނަމުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ސުލްހަވެރި އެއްވުމުގައި "ދިވެހިން ހަރުއަޑުންނާއި އަމަލާއި ބަހުން ބުނެދިނީ މިހާރު ހިންގަންރާވާފައިވާ ގޮތަށް ރަސްމާލޭގެ މަޝްރޫއު ހިންގުމާއި ދެކޮޅުކަން" ކަމަށެވެ.
މޯލްޑިވްސް ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫއު މިހާރު ހިންގަން ރާވާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ ދިވެހިންގެ ދިވެހިވަންތަކަން ގެއްލިގެންދާނެ ކަމަށް ހުސައިން ވަހީދު ދެކިވަޑައި ގަންނަވާކަމަށް ވެސް ވިދާޅުވިއެވެ.
ގައުމީ ހަރަކާތުގެ އެއްވުމުގައި ބައިވެރިވެ ވަޑައިގެން ސިޔާސީ ލީޑަރުންގެ ހިތްވަރަށް ސާބަސް ދެއްވަމުން ކުރީގެ ރައީސް ޔާމީނުގެ އަޒުމުގެ ސާބިތުކަމަށް ކުރުނީސް ކުރައްވާ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ.




