އެކާރާ މިކާރު : ޔާމިނު ކައްވާލި ލަގްޒަރީކާރު
އެއްއެމްޕީއާރުސީ ދަންތުރައިގައި ޖެހިދާނެތީ ކޮންމެ ވާހަކައެއްވެސް ދެއްކިދާނެ
އަބަދުވެސް އެކި އެކި މުވައްސަސާތަކަށް އަދި ކުންފުނިތަކަށް ވެހިކަލް ގަނެއެވެ. ދާދިފަހުން އެންމެ ހަލުވިކަމާއިއެކު ފެތުރިގެންދިޔަ ވާހަކައަކީ ފެނަކަ އަށް ހޯދި ކާރެއްގެ ވާހަކައެވެ. އެހެންނަމަވެސް އޭގެ ކުރިން ފެނަކަ ސައީދަށް އިދިކޮޅުގެ ރުޅިގަނޑު ބާލަނީ ކީއްވެތޯ ވެސް ބަލައިލާނަމެވެ.
ހުރިހާ ގޮންޖެހުންތަކާ އެކީގައި ވެސް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް ކުންފުނީގެ ހުރި ދަތިތަކުގެ އިހުސާސް ވިޔަނުދެއްވާ 24 ގަޑިއިރު ކަރަންޓުގެ ހިދުމަތައި އެހެން ޔޫޓިލިޓީގެ ހިދުމަތް ދެއްވާކަމީ އެއީ ސައީދުގެ ހަމަ ކުޅަދާނަކަމެވެ. ފެނަކަ އިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ވެސް ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ޕްރޮޖެކްޓުތަކަށް ލިބުނު އެވޯޑުތަކާއި އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދުއަށް ލިބުނު އެވޯޑު ވެސް ހިމެނެއެވެ.
ފެނަކައިން ދައްކަން ޖެހޭ ދަރަނިތައް ވެސް ދައްކާ ހަލާސް ކުރަމުން ދާއިރު ބޮޑު އިސްކަމެއް ދީގެން ރަށްރަށުގެ ކަރަންޓް މައްސަލަ އެ ކުންފުނިން ދަނީ ހައްލު ކުރަމުންނެވެ. އެގޮތުން ކުރިން ކަރަންޓް ކެނޑިގެން އަތޮޅުތަކުގެ ރައްޔިތުން އުފުލަންޖެހޭ ބުރަ ކުޑަ ކުރުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފައިފައެވެ.
ރާއްޖޭގެ އުތުރުގެ ސިޓީ ކުޅުދުއްފުށީސިޓީގެ (ފެނަކަ) ހިސްޓްރީއަށް ބަލާއިރު މީގެކުރިން ދިހަ ބާރަ ފަހަރު ސާރވޭ ކުރެވި ހަތަރު ވައްތަރަކަށް ކުރަހާ ފޮޓޯ ނަގާ ބޮޑެތި ފައިލް ތަކަށްލައި ރަނގަޅު ޝޯ ކޭސްތަކުގައި ބަހައްޓާފައި އެބަހުއްޓެވެ. ރައީސް ސޯލިހުގެ ސަރކާރު އައިސް ފެނަކައިގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ކުރިން ނުފެންނަވަރުގެ ހިދުމަތެއް ދެމުންދާތީއާއި ދައްކަމުންދާ ނަތީޖާތަކަށް ބަލާއިރު އިދިކޮޅަށް އެންމެ ގޮންޖެހުން ބޮޑު ކުންފުންޏަކަށް ވާނީވެސް ފެނަކައެވެ. ފެނަކައަށް ވާދަވެރިންގެ ބަސްތައް އަމާޒުވަނީވެސް މިފަދަ ސަބަބުތަކާ ހުރެއެވެ.
އެބުނާ ކާރެއް ވާހަކަ ދައްކާލަމާ ހިންގާށެވެ. ދާދިފަހަކުން ފެނަކައަށް ގެނައި ކާރަކި ފެނަކައިގެ ބޭނުމަށް ގެނެވުނު ފެނަކައިގެ ހަރުމުދަލެކެވެ. ފެނަކަ ދޫކޮށް ސައިދު މާދަމާ ގެއަށްވަޑައިގެންނެވިއަސް އެކާރު އޮނާނީ ފެނަކާއިގައި ފެނަކައިގެ ބޭނުންތަކަށެވެ. ދުއްވާނީ ކޮންމެވެސް އެހެން މީހެކެވެ. މިއީ މިސަރުކާރުގެ ކާރުގެ ވާހަކައެވެ. ދެން ދައްކާލަން އޮތީ އެސަރުކާރުގެ ކާރުވާހަކައެވެ. ރައީސް ޔާމިންގެ އަބިކަނަބަލުންނަށް ހަދިޔާގެ ގޮތުގައި ލިބިވަޑައިގެންނެވިކާރުތަކާއި ބާރތުޑޭ ގިފްޓްގޮތުގައި ލިބުނު ކާރުގެ ވާހަކަ ދައްކާލަން ނުކެރެނީ ކީއްވެތޯއެވެ. ރައީސް ކަން ކުރައްވާ ބޭފުޅުން ދުއްވަން ބޭރުގެ ގައުމުތަކުން ދެއްވާ ކާރުތައް އަމިއްލަ ނަން މައްޗަށް ބަދަލުކުރެއްވި ވާހަކަ ދައްކާލަން ނުކެރެނި ކީއްވެހެއްޔެވެ. ޗާރޓަރ ފުލައިޓް ތަކުގައި ދަރިން ގެނައި ކާރުތަކުގެ ވާހަކަވެސް ދައްކާލަންވީނޫންތޯއެވެ. ކާރުގެ ވާހަކަ ދައްކަން އިދިކޮޅުން ލަދު ނުގަންނަނީ ލަދުހަޔާތް ކުޑަކަމުންނެކޭ ދަންނަވާކަށް ނެތީމެވެ. އެއްއެމްޕީއާރުސީއާއި އެސްއީޒެޑްގެ ތެރޭން ލިބުނުކަޓުގެ ދަންތުރައިގައި ޖެހިދާނެތީ ކޮންމެ ވާހަކައެއް ވެސް ދެއްކި ދާނެއެވެ. އެއީ އެސަރުކާރާއި މިސަރުކާރުގެ ކާރު ވީމާ ވާކަމެއް ނޫނެވެ.