އަމްރާ އެކު އެސްޓީއޯ: އެންމެ ކާމިޔަބު ހަތަރު އަހަރު
އެސްޓީއޯ އަކީ ނަފާވެރި ހިދުމަތްތެރި ރަހުމަތްތެރި އެކުވެރި ކުންފުންޏެއް.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރކަމާ ހުސައިން އަމްރު ހަވާލުވެ ވަޑައިގެންތާ މި ފުރުނީ ހަތަރު އަހަރެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ހޭދަވެގެން ދިޔަ ކާމިޔާބު ހަތަރު އަހަރުގެ އެންމެ ބޮޑު އެއް ބައިވެރިއަކީ އެސްޓީއޯއެވެ. މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ ދުރު ވިސްނުންފުޅާ ކާމިޔާބު މަސައްކަތްޕުޅާ ގުޅިފައިވަނީ އެސްޓީއޯގެ ޓީމްވޯކެވެ. ހުޝިޔާރު ކައްޕިއެއްގެ މާލިމީކަމުގައި އެސްޓީއޯ ހޯދާފައިނީ އެ ކުންފުނީގެ ތާރީހުގައި ވެސް ހޯދިފައި ނުވާވަރުގެ ބޮޑު ކުރިއެރުމެކެވެ. ވަކި ދާއިރާ އަކުންނޫނެވެ. ހުރިހާ ދާއިރާއަކުންނެވެ. އެސްޓީއޯގެ ހުރިހާ ގުނަންތަކަށް ހަރަކާތްތެރި ކަމާއި ހީވާގިކަން އިހުނަށްވުރެ ބޮޑުވެގެން ދިޔައީ ހުސައިން އަމްރުގެ ހިކުމަތްތެރި ލީޑަރ ޝިޕްގެ ސަބަބުންނެވެ.
ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ދާއިމީ ކަސްޓަމަރުންގެ އިތުބާރު އެސްޓީއޯއަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ހިގައްޖެއެވެ. ކުންފުނީގެ ފައިދާ އެއްކުއާޓަރ އިން އަނެއް ކުއާޓަރއަށް ބޮޑުތަނުން ބޮޑުވެގެން ހިގައްޖެއެވެ. ހިންގުމުގެ ހަރަދު އިންތިހާއަށް ކުޑަވެ މުއައްޒަފުންގެ އުފެއްދުންތެރިކަމުގެ ނިސްބަތް އެތައް ގުނައަކަށް އިތުރު ވެގެން ހިގައްޖެއެވެ. މުޅި ރާއްޖޭގެ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ކަށަވަރު ކޮށްދީ ދަތިކަމެއް އުދަގުލެއް އުފުލަން ނުޖެހޭނެހެން ރައްޔިތުމީހާގެ ބަޑަހަގެއަށް ކާޑުގެ ބާވަތައް ފޯރުކޮށް ދިނުމުގައި އެސްޓީއޯވަނީ ކުރިއެރުން ހޯދާފައެވެ.
މުޅި ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ބޭނުން ވަރަކަށް ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު އަތްފޯރާފަށަށް ވަނީ ފޯރުކޮށް ދެވިފައެވެ. ރައްޔިތުންގެ ސިއްހަތު ސަލާމަތްކޮށް ދުޅަހެޔޮ ސިއްހީ ވެއްޓެއް ގާއިމުކުރުމަށް ބޭނުންވާ ބޭހާއި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ތަފާތު އެތައް ބާވަތެއް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ ފަސޭހަ އިންތިޒާމް ގާއިމުކޮށް ދެމެހެއްޓުމުގައި އެސްޓީއޯ އެންމެ ފިޔަވަޅެއް ފަހަތަށް ނާޅާ ދަތުރުކުރީ ބާރަށް ކުރިއަށެވެ.
ކޮވިޑްގެ ދަތި ހާލަތުގައި ކުންފުނި އިނދަޖެހުނަ ނުދެއްވާ ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެލާއި އެނޫންވެސް އަސާސީ އެއްވެސް ވަސީލަތަކަށް އެއްވެސް ބުރުލެއް އެރިއަކަ ނުދެއެވެ. އިހުލާސްތެރި ބުރަ މަސައްކަތްތަކެއް ކޮށް ގައުމު އާންމު ހާލަތަކަށް ގެނައުމުގައި އެސްޓީއޯ ވަނީ ނަމޫނާ ދައްކާފައެވެ.
ހުސައިން އަމްރުގެ ލީޑަރޝިޕްގެ ދަށުގައި ވޭތުވެ ދިޔަ ހަތަރު އަހަރު އެސްޓީއޯއިން އަދާކުރި އިޖުތިމާއީ ޒިންމާގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތައުލީމާ ތަރުބިއްޔަތާ ހުނަރުވެރިކަން އިތުރު ކުރުމަށް ހިންގި އެތައް ސަތޭކަ ހަރަކާތެއްގައި އެސްޓީއޯއިން ބޮޑު ހިއްސާއެއްވެ އެ ހަރަކާތްތައް ކާމިޔާބު ހަރަކާތްތަކަށް ވަނީ ހަދާ ދީފައެވެ.
އެސްޓީއޯ އަކީ ނަފާވެރި ހިދުމަތްތެރި ރަހުމަތްތެރި އެކުވެރި ކުންފުންޏެކެވެ. އެސްޓީއޯއަށް ހަގީގީ އެ ސިފަ ގެނެސް ދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރެވެ. ރައްޔިތުންގެ ލޯތްބާ އިތުބާރު އެސްޓީއޯއަށް ހޯއްދަވާ ދެއްވީ ހުސައިން އަމްރެވެ. އެސްޓީއޯގެ އެކިއެކި ގުނަވަންތަކުގައި އެކި ހިސާބުގައި ތިބި ހުރިހާ މުއައްޒަފުންނަކީ އެއް އާއިލާއެއްގެ ގޮތުގައި ހުސައިން އަމްރު ވަނީ ހައްދަވާ ދެއްވާފައެވެ.
މުއައްޒިފުންގެ ހަކަތަ އިތުރުވެ ބަދަހި އާއިލާއެއްގެ ގޮތުގައި ފުރިހަމަ އިނާޔަތާ ރައްކާތެރި ކަމުގައި އަޅާލާ ކުލުވެރި ވެއްޓަކަށް މުޅި އެސްޓީއޯ ހެއްދެވި ލީޑަރަކީ ހުސައިން އަމްރެވެ. އެސްޓީއޯގެ ހުރިހާ މުއައްޒަފުންގެ ލޯތްބާއި ކުރުނީސް ހުސައިން އަމްރަށް މެދުނުކެނޑި އޮހެމުން ދަނީ ކާމިޔާބު ހަތަރު އަހަރުގެ އުފަލާ ހިތް ހަމަޖެހުމާ އެކުގައެވެ.