ސްކޫލަކަށް ބޮމުގެ ހަމަލާއެއް ދީ 15 ކުއްޖަކު މަރާލައިފި.

އިތުރު 20 މީހަކު ޒަހަމްވެ އެކި ވަރުގެ އަނިޔާތައް ލިބިފައިވޭ

ސްކޫލަކަށް ބޮމުގެ ހަމަލާއެއް ދީ 15 ކުއްޖަކު މަރާލައިފި.

އަފްގާނިސްތާނުގެ އުތުރުގައި އޮންނަ ސަމަރުގަންދު ޕްރޮވިންސްގެ ވެރިރަށް އަޔުބަކްގެ ދީނީ މަދަރުސާއަކަށް ބޮމުގެ ހަމަލާއެއް މިއަދު ދީ 15 ކުއްޖަކު މަރާލައިފިއެވެ.  ޕްރޮވިންސްގެ ސުޕޯކްސް ޕާސަން އެމްދާދުﷲ މުހާޖިރު ބުނެފައިވަނީ މި ބާރު ގަދަ ގޮވުމުގެ ސަބަބުން އިތުރު 20 މީހަކު ޒަހަމްވެ އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާގެ ތަހުގީގުތައް ފެށިގެން ކުރިއަށް ދާ ކަމަށެވެ. އަދި މި ހަމަލާ ދީފާވަނީ މި އަދުގެ 12.45 ހާއިރު އެ މަދުރަސާގައި އެންމެ ކުދިން ގިނަ ވަގުތާއި ދިމާ ކޮއްފައި ކަމަށާއި މި މަދުރަސާގައި ކިޔަވަމުންދަނީ ހުސް ފިރިހެންކުދިން ކަމަށް މުހާޖިރު ފާހަގަކުރިއެވެ.

ފެޑެރަލް އިންޓީރިއާ މިނިސްޓްރީގެ ސްޕޯކްސްޕާސަން އަބުދުލްނާފީ ޓަކޯރު ވިދާޅުވެފައިވަނީ މި ހަމަލާގައި 10 ގެ މަރު ކަށަވަރުވެއްޖެ ކަމަށެވެ. އަދި މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި ނޫފުލައެވެ. "ފެޑެރަލް ޑިޕާޓްމެންޓުގެ ޑިޓެކްޓިވުންނާއި ސިކިއުރިޓީ ފޯސްއިން މި ހަމަލާގެ ފަހަތުގައިވާ މުޖިރިމުންތައް ހޯދާ ހިފާ ހައްޔަރު ކުރާނެ ކަމަށާއި އިންސާފުގެ ކުރިމައްޗަށް ވަރަށް އަވަހަށް ހާޒިރު ކުރެވޭނެ" ކަމަށް ޓަކޯރު ވިދާޅުވިއެވެ.


އަފްގާނިސްތާނުގެ ވެރިކަން ކުރާ ރަށް ކާބުލް އާއި 200 ކިލޯ މީޓަރު ދުރުގައި އޮންނަ ސަމަރުގަންދުގެ ވެރިރަށް އަޔަބަކްގެ ކެޝުއަލިޓީ ޑޮކްޓަރު ޕާސާ ވިދާޅުވީ ހޮސްޕިޓަލަށް ގެނެވުނީ ހުސް ތުއްތު ޅަކުދިން ކަމަށެވެ. ސޯސަލް މީޑިޔާގައި ދައުރުވާ ވީޑިއޯތަކުން ބޮން ގޮވުމުގެ ސަބަބުން ކުޑި ކުޑިވެގެން ގޮސްފައިވާ އިންސާނުންގެ ބައިތައް ހޮވާ މަންޒަރުތައް ފެނެއެވެ.

ތޮލިބާނު ސަރުކާރުން ބުނަމުން ދަނީ ހަގުރާމައިގެ ސަބަބުން ފަނާވެފައިވާ ގައުމު ބިނާ ކުރުމަށް މަސައްކަތް ކުރަމުން ދާއިރު ހަގުރާމަވެރި ޖަމާއަތްތަކާއި ގުރޫޕްތަކުގެ ހަރަކާތްތައް ހުއްޓުވާ އެ މީހުންގެ ބާރު ކަޑުވަމުން އަންނަކަމަށެވެ. ނަމަވެސް ވޭތުވެ ދިޔަ މަސްތަކުގެ ތެރޭގައި އައިސިސްގެ ގޮތްޕެއް ކަމަށްވާ އައިސިލްއިންވަނީ އަފުގާނިސްތާނުގެ އެކި ހިސާބުތަކުގައި ބޮމުގެ ހަމަލާތައް ދީފައެވެ. އެމެރިކާ ސިފައިން ފޭބުމުން އަފްގާނިސްތާނަށް ހަމަޖެހުން ލިބޭނެ ކަމަށް ކުރިން ހީކުރެވުނު ނަމަވެސް ހާލަތު އިތުރަށް ރަގަޅު ވަމުން އަންނަތަން ނުފެންނަކަމަށް ނޫސްތަކުން ބުނެއެވެ.