އެއާރ ޓްރެކްޓަރ ތަކެއް ކޮލޮމްބޯއާއި މާލެއަށް

ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓަށް އޭޓީ-802 ގެ ތިން އެއާރ ޓްރެކްޓަރު ޖެއްސުން

އެއާރ ޓްރެކްޓަރ ތަކެއް ކޮލޮމްބޯއާއި މާލެއަށް

ސްރީލަންކާގެ ރަތުމަލާނާގައި އޮންނަ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓަށް މިދިޔަ ހަފްތާ ބަންދު ތެރޭގައި އޭޓީ-802 ގެ ތިން އެއާރ ޓްރެކްޓަރު ޖައްސައިފިއެވެ.

އޮސްޓްރޭލިއާގެ ކޮކޯސް އައިލެންޑުން ސީއައިއޭއާރްއަށް ދަތުރުކުރާ މި އެއާރ ޓްރެކްޓަރުތައް ކޮލަމްބޯއިން ފުރައިގެން ދެން ޖެއްސުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ވެލާނާ އެއާޕޯޓަށެވެ.

އޭޓީ-802 އަކީ ދަނޑުވެރިކަމުގައި ދަނޑުބިން ތަކަށް ސްޕްރޭ ކުރުމަށާއި އަލިފާން ނިއްވުމަށް ހާއްސަކޮށްގެން އެއާރ ޓްރެކްޓަރ އިން ފަރުމާކޮށް ތަރައްގީކޮށްފައިވާ މަތިންދާ ބޯޓެކެވެ.

ދަނޑުބިމަށް ސްޕްރޭ ކުރުމަށާއި އަލިފާން ނިއްވުމުގެ މަސައްކަތް މި ބޯޓުން ފުރިހަމަ ކުރަނީ އިންޖީނުގެ އާއި ކޮކްޕިޓް އާއި ދެމެދު ބަހައްޓާފައިވާ 3،028ލީޓަރގެ  ކެޕޭސިޓީ ހުންނަ ކެމިކަލް ހޮޕަރ ބޭނުން ކޮށްގެންނެވެ. ހޮޕަރުގައި އަލިފާން ނިއްވާ ފޯމް ނުވަތަ ފެން ފުރާފައި ހުރެއެވެ.

އަލިފަން ނިންވުމަށް ހާއްސަކޮށްގެން އުފެއްދި އެއާ ޓްރެކްޓަރގައި 1990 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އަލިފާން ނިންވުމަށް ފުރަތަމަ ދަތުރުކޮށް ނިންމުމަށް ފަހު 1993 ވަނަ އަހަރު އުފެއްދުމަށް ނިކުތީ އޭގެ ދެ ވަރޝަން ކަމަށްވާ އޭޓީ-802 އެވެ. އެގްރިކަލްޗަރަލް ސްޕްރޭއާ އާއި ފަޔަރ ފައިޓަރ އާއެކުގައެވެ. އޭޓީ-802 ހިދުމަތަށް ފެށީ 2002 ވަނަ އަހަރު އެވެ.

އޭޓީ-802 ގައި ހަތަރު ވައްތަރެއްގެ އެއާރ ޓްރެކްޓަރ ހިމެނެއެވެ. އޭގެ ތެރޭގައި އޭޓީ-802އޭ، އޭޓީ-802ޔޫ، އޭޓީ-802އެފް/ އޭޓީ-802އޭއެފް ގެ އިތުރަށް އޭޓީ-802އޭ ފަޔަރ ބޮސްއެވެ.

އޭޓީ-802އޭ ގައި ޖަހާ ޖަހާފާ ހުންނަނީ އެންމެ ގޮނޑިއެކެވެ. އެއާރ ޓްރެކްޓަރ މަތިންދާބޯޓަކީ ދަނޑުވެރިކަމުގެ ބޭނުމަށާއި އަލިފާން ނިއްވުމަށް ހާއްސަ ކުރެވިފައިވާ ބޯޓްތަކެއް ކަމުން އާންމުކޮށް ބެނުންކުރާ ދަނޑުވެރިކަމުގެ މަތިންދާބޯޓުތަކާ އަޅާބަލާއިރު އިތުރު މަސައްކަތް ކުރުމުގެ ގާބިލުކަން އޭޓީ-802ގެ އެއާރ ޓްރެކްޓަރގައި ހުރެއެވެ.