އަރަބި ދުނިޔޭގެ ފުރަތަމަ އެސްޓްރޮނޯޓް: އަލް ނެޔާދީ

އަރަބި ދުނިޔޭގެ ފުރަތަމަ އެސްޓްރޮނޯޓް: އަލް ނެޔާދީ

ޔޫއޭއީގެ އެސްޓްރޮނޯޓްއެއް ކަމައްވާ، ސުލްތާން އަލް ނެޔާދީ 28 އޭޕްރީލް 2023ގައި ކުރި ސްޕޭސްވޯކްއާއި އެކު އޭނާ ވެގެން ދިޔައީ ސްޕޭސްވޯކް ކުރި ފުރަތަމަ އަރަބި އެސްޓްރޮނޯޓްއަށެވެ.

ދުނިޔޭގެ ބިމުން 408 ކިލޯމީޓަރު މަތީގައި ސްޕޭސްވޯކް ކުރުމުން އޭނާ ވެގެންދިޔައީ ތާރީހުގައި ވެސް އެންމެ މަތީ އުދުހުނު އަރަބި ރައްޔިތެކަށެވެ.

އުމުރުން 41 އަހަރުގެ އަލް ނެޔާދީ ވަނީ އެސްޓްރޮނޯޓްކަމަށްވާ ސްޓީވަން ބޯވެން އާއި އެކު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ބޭރަށް ހަ ގަޑި އިރާ ބައި ވަންދެން ދަތުރުކޮށްފަ އެވެ. އެމީހުންގެ މިޝަންގައި ހިމެނެނީ އޯބިޓްވަމުން އަންނަ ސައިންސް ލެބޯޓްރީގެ ބޭރުގައި އިންސްޓޯލްކޮށްފައިވާ މުވާސަލާތީ ހާޑްވެއާ ބަދަލުކުރުމެވެ.