ރަޝިއާގެ ތެޔޮ ގިނައިން ދަނީ އިންޑިއާ އާއި ޗައިނާގެ ބަނދަރަށް

ހުޅަނގުގެ ތެލުގެ އަގަށް މިވަގުތަށް ބަދަލެއް ނާންނާނެ

ރަޝިއާގެ ތެޔޮ ގިނައިން ދަނީ އިންޑިއާ އާއި ޗައިނާގެ ބަނދަރަށް

އޭޕްރީލް މަހު ކުރީކޮޅު ބަރުކުރި ރަޝިއާގެ ޔޫރަލްސްގެ ތެލުގެ ކާގޯ ގިނައިން ގޮސްފައިވަނީ އިންޑިއާ އާއި ޗައިނާގެ ބަނދަރުތަކަށެވެ. ހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލް މަހުގެ މިހާތަނަށް ރަޝިއާގެ ތެޔޮ ފީފާއެއްގެ އަގުން 60 ޑޮލަރަށްވުރެ މަތީ އަދަދެއް އިންޑިއާ އާއި ޗައިނާއިން ވަނީ ކަނޑާދީފައެވެ.

ޔޫކްރެއިންގައި ރަޝިޔާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާ ދައުރުވުން ހުއްޓުވުމަށް ހުޅަނގުން މަސައްކަތް ކުރި ނަމަވެސް ކްރެމްލިނަށް ވަރުގަދަ އާމްދަނީއެއް ދަނީ ލިބެމުންނެވެ. މޮސްކޯއަށް ޕޮލެންޑް ފަދަ ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމުތަކުން ޕްރެޝަރު ކުރި ނަމަވެސް ހުޅަނގުގެ ތެލުގެ އަގަށް މިވަގުތަށް ބަދަލެއް ނާންނާނެ ކަމަށް ޖީ-7 ގެ މަސްދަރަކުން ބުނެއެވެ.

ރަޝިޔާއަށް ތެޔޮ ދައުރުވުމުގެ ފުރުސަތު ހަނިކުރިޔަސް ރަޝިއާއަށް ލިބޭ އާމްދަނީ ކުޑައެއް ނުވެއެވެ. ނަމަވެސް ޔޫކްރެއިންގައި ރަޝިއާ އިން ހިންގާ ހަރަކާތް ތަކަށް މަޑުޖެހުމެއް އަންނަ ކަމަށްވެއެވެ. 

ކަނޑު ދަތުރު ފަތުރުގެ ސަޕްލައިގެ 70 ޕަސެންޓަށް ވުރެ ގިނައިން މިމަހު ހިއްސާކޮށްފައި ވަނީ އިންޑިއާ އިންނެވެ. މީގެ އިތުރުން ދުނިޔޭގެ ބެންޗްމާކްތަކާއި ހިލާފަށް ޔޫރަލްސްގެ މުދާ އުފުލުމުގެ އަގު ހެޔޮވުމާއި، ޔޫރަލްސްގެ ޑިސްކައުންޓް ކުޑަވުމުގެ ސަބަބުން، މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ދުވާލެއްގެ މައްޗަށް ބޮޑުތަކުން އަގު ވަނީ ދަށަށް ގޮސްފަ އެވެ.

އިންޑިއާ އާއި ޗައިނާ އިން އަގަށް ބޯލަނބަން އެއްބަސްނުވި ނަމަވެސް ހުޅަނގުން އުއްމީދު ކުރީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބިރުވެރިކަމުގެ ސަބަބުން ގައުމުތަކުން  އެ ތެޔޮ ގަތުމަށް ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ހުރަސް އެޅޭނެ ކަމަށްބެލެވެއެވެ.