ގައުމުން ބޭރުގާ އިންޑިއާ މީހުން ނަކަސްތަޅަނީކީނޫން!

އިންޑިއާއަށް ރެމިޓެންސް ފްލޯ އަހަރުން އަހަރަށް %7.5 އަށްވުރެ މައްޗަށް

ގައުމުން ބޭރުގާ އިންޑިއާ މީހުން ނަކަސްތަޅަނީކީނޫން!

ދުނިޔޭގައި އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި މިވަގުތު ގާތްގަނޑަކަށް 1.43 ބިލިއަން މީހުން އުޅެއެވެ. ދެވަނައަށް އެންމެ ބޮޑުއާބާދީއަކީ 1.41 ބިލިއަން މީހުންގެ ޗައިނާއެވެވެ. އެހެން ކަމުން އިންޑިޔާގެ އާބާދީއަށް ބަލާއިރު ހިޖުރަކުރާ މީހުންގެ ނިސްބަތް އެންމެ މަތީ ގައުމަކަށް އިންޑިއާ ވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ގައުމުން ބޭރުގައި އުޅޭ އިންޑިއާ މީހުން، އެމީހުންގެ ޖީޑީޕީއަށް ގާތްގަނޑަކަށް %3.5 ހިއްސާކުރަނީ ރެމިޓެންސް މެދުވެރިކޮށެވެ. ކޮންމެ އަހަރަކުވެސް ގައުމުން ބޭރުގައި އުޅޭ އިންޑިއާ މީހުން އިންޑިއާގައި ތިބި އާއިލާތަކަށް ގިނަ އަދަދެއްގެ ފައިސާ ފޮނުވައެވެ. ވޯލްޑް ބޭންކުން ބުނާ ގޮތުގައި 2023 ވަނަ އަހަރު އިންޑިއާއަށް ޖުމްލަ ރެމިޓެންސްގެ ގޮތުގައި ގާތްގަނޑަކަށް 120 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. އިންޑިއާއަށް ރެމިޓެންސް ފްލޯ އަހަރުން އަހަރަށް %7.5 އަށްވުރެ މައްޗަށް ދެއެވެ. މިއީ ޖީސީސީ ގައުމުތަކުގައި ހުނަރުވެރި އަދި ހުނަރުވެރިކަން ކުޑަ މަސައްކަތްތެރިންނަށް ރަނގަޅު ޑިމާންޑެއް އޮތްކަން ހާމަކޮށްދޭ ކަމެކެވެ.

އިންޑިއާއަށް އެންމެ ގިނައިން ރެމިޓެންސް އިންފްލޯ ވެފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އިންނެވެ. ޖުމްލަ ރެމިޓެންސް އިންފްލޯގެ ގާތްގަނޑަކަށް %18 ހިއްސާކުރެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އުޅޭ ގިނަ އިންޑިއާ މީހުން ކޮންމެ މަހަކުވެސް އެމީހުންގެ އާއިލާތަކަށް ގިނަ އަދަދަކަށް ފައިސާ ފޮނުވައެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ މަސައްކަތްކޮށްގެން އެންމެ ގިނަ ފައިސާ ހޯދުމަށް އެންމެ ރަނގަޅު އެއް ގައުމެވެ.  އެ ތަނަކީ އިންކަމް ޓެކްސް ވެސް ޒީރޯ އެއް ގައުމެއް ކަމަށް ވެއެވެ.

ސައިންސާއި ކާބޯތަކެއްޗާއި ކޯޕަރޭޝަން ދާއިރާ ހިމެނޭ ގޮތަށް ބޮޑެތި ހުރިހާ ދާއިރާއަކުން ދުނިޔޭގެ ކާމިޔާބީއަށް އިންޑިއާގެ ބޮޑު ހިއްސާއެއް ކުރާ އެއް ބަޔަކީ އިންޑިއާގެ ހިޖުރަވެރިންނެވެ. އިންޑިއާ ނަސްލުގެ ގާތްގަނޑަކަށް 24 އެގްޒެކެޓިވުން ފޯޗުން 500 ކުންފުނީގައި ލީޑް ކުރެއެވެ. އެމެރިކާގެ ފޯޗުން 500 ފަރުމާގެ ތެރޭގައި އިންޑިއާ ނަސްލުގެ އެގްޒެކެޓިވުންގޮތުގައި 2.7 މިލިއަނަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރެއެވެ. އެއް ޓްރިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް އެމީހުނަށް ލިބެއެވެ.

ލީޑިން ބޮޑެތި ފަރުމާތަކާއި މަލްޓިނޭޝަނަލް ކޯޕަރޭޝަންތަކުގެ އިތުރުން އެމެރިކަން އިންޑިއަނުންގެ ސްޓާޓްއަޕް ދުނިޔޭގައި ބޮޑު ހިއްސާއެއް ކުރެއެވެ. 195 ބިލިއަން ޑޮލަރުގެ އަގުހުރި އެމެރިކާގެ 648 ޔުނިކޯންގެ ތެރެއިން 72 ޔުނިކޯން ކޯ ފައުންޑޭޓްކޮށްފައިވަނީ އިންޑިއާ މީހުންނެވެ. 55،000 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ އަދާކުރެއެވެ. އިންޑިއާ މީހުން ކުދި ވިޔަފާރިތައް އެމެރިކާގައި ހިންގައެވެ. އެމެރިކާގެ ހޮޓަލްތަކުގެ %60 އަށްވުރެ ގިނަ ހޮޓަލަކީ އިންޑިއާ މީހުންގެ ތަންތަނެވެ. 

އެމެރިކާގެ ވިޔަފާރިތަކުގައި އިންޑިއާ މީހުންގެ ބޮޑު ބައިވެރިވުމެއް އޮތުމުން އެމެރިކާގެ ޓެކްސް ބޭސްއަށް ވެސް އިންޑިއާގެ ބޮޑު ހިއްސާއެއް އެބައޮތެވެ. އިންޑިއާގެ އެމެރިކާ މީހުން އިންކަމް ޓެކްސްގެ ހުރިހާ ޓެކްސްއެއްގެ ގޮތުގައި ގާތްގަނޑަކަށް %5-6 ހިއްސާކުރެއެވެ. އެހެން ކަމުން އެމެރިކާ ސަރުކާރަށް ގާތްގަނޑަކަށް 250-300 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ.