ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވި މީހަކު ހައްޔަރުކޮށްފި

ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވި މީހަކު ހައްޔަރުކޮށްފި
ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވި މީހަކު ހައްޔަރުކޮށްފި

އޭޝިއާނާ އެއާލައިންސްގެ ފްލައިޓެއް ދެކުނު ކޮރެއާއަށް ޖައްސަން އުޅެނިކޮށް އެ ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވާލި މީހަކު ހައްޔަރުކޮށްފިއެވެ.

އެއާބަސް އޭ 321-200 ޖެޓެއް ކަމަށްވާ ފްލައިޓް އޯޒެޑް 8124 ހުކުރު ދުވަހު ޖެޖޫ އައިލެންޑުން ފުރައިގެން ގޮސް ބިމަށް ޖައްސަން 250 މީޓަރު ދުރުގައި އޮއްވައި ފިރިހެން ފަސިންޖަރަކު ވަނީ އެފްލައިޓްގެ އެމަޖެންސީ ދޮރު ހުޅުވާލާފައެވެ.

މަންޒަރު ދުށް މީހުން މައުލޫމާތު ދިންގޮތުގައި މި މީހާ ދޮރު ހުޅުވީ ފުއްމާލަން ވެގެންނެވެ. އަދި ފްލައިޓް އެޓެންޑެންޓުންނަށް އޭނާ ދޮރު ހުޅުވުން ހުއްޓުވޭ ގޮތް ނުވީ ބޯޓު ޖައްސަން އުޅޭތީއެވެ.

ދޮރު ހުޅުވާފައި ހުރި ނަމަވެސް މި މަތިންދާ ބޯޓު ވަނީ ސަލާމަތް ކަމާއެކު 194 ފަސިންޖަރުންނާއެކު ހުކުރު ދުވަހު ޑޭގޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ.

މި ހާދިސާގެ ސަބަބުން މަތިންދާބޯޓުގައި އޭރު ތިބި ބައެއް ފަސިންޖަރުން ވަނީ ހޭނެތިފައެވެ. އަދި އަނެއް ބައި މީހުންނަށް ވަނީ ނޭވާލާން އުނދަގޫވެ ހޮސްޕިޓަލަށް ގެންގޮސްފައިއެވެ.

ދޮރު ހުޅުވި މީހާ ވަނީ މަތިންދާބޯޓު ޖެއްސުމާއެކު ހައްޔަރު ކޮށްފައެވެ.