ތަރައްގީވަމުން އަންނަގައުމުތަކުގެ ބަސްވިކެންޖެހޭ : ޝާހިދު

ތަރައްގީވަމުން އަންނަގައުމުތަކުގެ ބަސްވިކެންޖެހޭ : ޝާހިދު

އާ ދުނިޔޭގެ ނިޒާމަކާމެދު ވިސްނަވާއިރު ހިމެނެންޖެހޭ ކަމަށް ޔޫއެންގެ ކުރީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ދެކިވަޑައިގަންނަވާ 3 ކަމެއް ދުނިޔެއާ ހިއްސާ ކުރައްވައިފިއެވެ. ދިވެހި ސަރުކަރަށާއި ރައީސް މުއިއްޒުގެ އައުވާނުން އެ ވިސްނުންފުޅަށް ބުރަދަނެއް ނުދިނެއްކަމަކު މުޅި ދުނިޔޭން އެ ހުށަހެޅުއްވުން ވަނީ ބަލައިގެންފައެވެ. 

ޝާހިދުގެ ފުރަތަމަ ނުކުތާއަކީ ދުނިޔޭގެ ކަންކަމުގައި ތަރައްގީވަމުން އަންނަ ގައުމުތަކުން މިހާރަށްވުރެ ބާރުގަދަ އަދި ކަންކަން ނިންމުމުގައި އިސް ދައުރެއް އޮންނަން ޖެހެއެވެ.

ކޮވިޑް-19ގެ ދުވަސްވަރާއި ޖީ20 ޕްރެޒިޑެންސީ މެދުވެރިކޮށް އިންޑިއާއިން ވަނީ ތަރައްގީވަމުން އަންނަ ގައުމުތައް ތައްޔާރަށް އޮތްކަމާއި އެކަން ކުރުމުގެ ކުޅަދާނަކަން ދުނިޔެއަށް ދައްކައިދީފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. 

މިއަދުގެ މަލްޓި-ފޭސްޓެޑް، މަލްޓި-ޑައިމަންޝަނަލް، ޓްރާންސްބައުންޑަރީ މައްސަލަތަކަށް ހުށަހަޅާ ހައްލުތައް އެއްގޮތްވާން ޖެހޭނެކަމަށް ވެސް ޝަހިދު ވިދާޅުވެއެވެ.

ހޯލިސްޓިކްއާއި މަލްޓި-ޑައިމަންޝަނާއި މަލްޓި-ފޭސްޓެޑް އަދި ޝެއަރޑް އަކީ އެއް މައްސަލައެއްގެ ގޮތުގައި ދެން ނުދެކެވޭނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. 

މަލްޓިލޭޓަރަލިޒަމް އަށް ވަޢުދުވުން ކޮންމެހެން ކުރަންޖެހޭ ކަމަށާއި އެކަނި މާއެކަނި އެއްކަމެއްވެސް ވެވެންނެތްކަން ފާހަގަ ކުރެއްވިއެވެ.