ޑިމޮކްރަސީއަކީ ވޯޓުންވެރިކަން ބަދަލުކުރުން އެކަންޏެއްނޫން: ރައީސް ސޯލިހު

ކުރަންޖެހުނު ކޮންމެ ކަމެއް ދިވެހި ރައްޔިތުން މިއަދު ކުރާނެ

ޑިމޮކްރަސީއަކީ ވޯޓުންވެރިކަން ބަދަލުކުރުން އެކަންޏެއްނޫން: ރައީސް ސޯލިހު

ޑިމޮކްރަސީއަކީ ހަމައެކަނި ރައްޔިތުންނާ ހިސާބަށް ގޮސް ވޯޓެއް ނަގައިގެން ސަރުކާރު ބަދަލުކުރުން ނޫން ކަމަށް ރައީސް އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެއެވެ. ރައީސް ސޯލިހު އެހެން ވިދާޅުވީ މިހާރު އެމްޑީޕީން ކުޅުދުއްފުށިސިޓީގައި ކުރިއަށް ގެންދާ ކައުންސިލަރުންގެ މަހާ ސިންތާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ "ޑިމޮކްރަސީއެއް ހިންގުމަކީ ފަސޭހަވެސް ކަމެއް ނޫން. ޑިމޮކްރަސީއެއްގައި ރައްޔިތުންނާ މަޝްވަރާ ކުރަންޖެހޭ. އަޑުއަހަން އެބަޖެހޭ. ކައިރިން ހިދުމަތް ދެވެން އެބަޖެހޭ" ކަމަށެވެ. ރައިސް ސޯލިހު ވިދާޅުވާ ގޮތުގައި އެއީ އެއަށްވުރެ މާފުޅާ ދާއިރާއެއްގައި މާގިނަ ކަންތައްތަކެއް އެކުލެވޭ ކަމެކެވެ. އެހެން ނަމަވެސް އަޅުގަނޑުމެނަށް ފެނިގެން މިދަނީ ބާރުތައް ޖަމާކުރެވެމުން ދާތަން ކަމަށް އިބޫ ވިދާޅުވިއެވެ. 

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރައިސަކަށް ހުންނަވާ ބޭފުޅަކު ބޭނުން ކަމެއް ކުރަން ހަމަ އެކަނި ރައީސް އޮފީހަށް ހުރިހާ ބަރެއް ނެގީމާ ވަރަށް ފަސޭހަ ވާނެއެވެ. ވަރަށް ފަސޭހައިން ވެރިއަކަށް ހުންނަ މީހަކަށް ވެރިކަން ކުރެވިދާނެ ކަމަށާއި ހުދު މުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ގޮތް ކަމަށް ރައިސް ސޯލިހު ވިދާޅުވިއެވެ. އެކަމަކު މިއަދަކީ ރައްޔިތުން އެކަން ގަބޫލު ކުރާނެ ދުވަހެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ހުދުމުހުތާރު ވެރިކަމެއް ކުރުމާ ދެކޮޅަށް ތެދުވަންޖެހިއްޖެއްޔާ ތެދުވެ ކުރަންޖެހުނު ކޮންމެ ކަމެއް ދިވެހި ރައްޔިތުން މިއަދު ކުރާނެކަމަށް ރައީސް ސޯލިހު ވިދާޅިވިއެވެ.