އެމްޑީޕީގެ ސްޓޭންޑަކީ ގައުމީ މަޖިލިހުގެ ވިސްނުމަށް މެންބަރުގެ ހިޔާލާއި ފިކުރު ތަޅުލުމެއްނޫން: ނަޝީދު
ރެސިޑެންސީ ޕްރޮގްރާމާމެދު އެމްޑީޕީގެ ސްޓޭންޑަކީ ހިޠާލު ހޯދުމުގެ ވޯޓެއް ނެގުން.
ރެސިސިޑެންސީ ޕްރޮގްރާމާ ގުޅޭގޮތުން އެމްޑީޕީ މެންބަރުންގެ ހިޔާލާއި ފިކުރު އެމްޑީޕީ ގައުމީ މަޖިލިީހުން މިވަގުތު ތަޅުލާފައި އޮތްކަމަށް ދޭހަވާ މޭރުމަކުން އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުހައްމަދު ނަޝީދު މެސެޖެއް ކުރައްވައިފިއެވެ.
އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ރެސިޑެންސީ ޕްރޮގްރާމާއި ގުޅޭގޮތުން އެމްޑީޕީގެ ސްޓޭންޑަކީ އެމްޑިޕީގެ މިވަގުތު ގައުމީ މަޖިލީހުގެ ވިސްނުމަށް ހުރިހާ މެންބަރުންގެ ހިޔާލާއި ފިކުރު ތަޅުލުން ނޫންކަމަށެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސަޕް ގްރޫޕަކަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖެއްގައެވެ.
ރައީސް ނަޝީދުގެ އެ މެސެޖުގައި ވިދާޅުވެފައިވަނީ " ރެސިޑެންސީ ޕްރޮގްރާމާއި ގުޅޭގޮތުން އެމްޑީޕީގެ ސްޓޭންޑަކީ އެމްޑިޕީގެ މިވަގުތު ގައުމީ މަޖިލީހުގެ ވިސްނުމަށް ހުރިހާ މެންބަރުންގެ ހިޔާލާއި ފިކުރު ތަޅުލުމެއް ނޫން. ގައުމީ މަޖިލިސް ބުނަނީ ރައްޔިތުން ކައިރީ އަހާށޭ، އެފަދަ ވޯޓެއް ނަގާނަމަ ޕާޓީއިން ވަކިއަތަކަށް ތާއީދު ކުރާ ވާހަކައެއް ގައުމީ މަޖިލީހަކުން ނުބުނޭ. މެންބަރުންނަށް ފެންނަ ގޮތަކަށް ހިޔާލް ފާޅު ކުރުމަކީ ބޭނުންތެރި ކަމެއް" ކަމަށެވެ.
ރައީސް ނަޝީދުގެ މެސެޖުން ދޭހަވާ އެއްކަމަކީ ރެސިޑެންސީ ޕްރޮގްރާމާމެދު އެމްޑީޕީގެ ވަކިސްޓޭންޑެއް ނެތްކަމަށް ގަބޫލު ކުރައްވާ ކަމެވެ. ރައީސް ނަޝީދުގެ މެސެޖުން އަންގަވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ވާހަކަފުޅަކީ ބޭރު މީހުން ވަޒަންވެރި ކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ވަކި ސްޓޭންޑެއް ނެތްކަމެވެ. ބޭރު މީހުން ވަޒަންވެރި ކުރުމާމެދު އެމްޑީޕީގެ ސްޓޭންޑަކީ ރައްޔިތުން ދެކޭގޮތެއް ބަލާލުން ކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ. ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް އެމްޑީޕީން ވަކިކޮޅަކަށް ބުރަނުވެ ބާރުއެޅުމެއްނެތި މެންބަރުން އެދޭ ގޮތަކަށް ދޫކޮށްލާފައި ބޭއްވުމަކީ އެމްޑީޕީގެ ސްޓޭންޑް ކަމަށް ވިސްނާދެއްވަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާ ކަންވެސް ފާހަގަ ކުރެވެއެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކަކީ އެމްޑީޕީގެ ގިނަ އާއްމު މެންބަރުންނާއި ގައުމީ މަޖިލީހުގެ ހިޔާލާއި ފިކުރާ ރޫހާ ހިލާފަށް ރައީސް މުއިއްޒުގެ ނޭންގާނި އެޖެންޑާއަށް އެމްޑީޕީގެ ރުހުން އޮތްކަން ދެއްކެވުމަށް ޗެއަރޕާސަންގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު ކުރައްވާ މުޑުދާރު ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ.




