އާލިއާ ވާހަކަ: ތަފާތު ހުނަރެއް!

"އެޑް ފައިންޑްސް އަ ހޯމް"

އާލިއާ ވާހަކަ: ތަފާތު ހުނަރެއް!

އިންޑިއާގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރެން ނިންމި ސީރީޒްގެ ފުރަތަމަ ވާހަކަ ފޮތް ނެރެފިއެވެ. ފޮތްތަކުގެ ތެރޭގައި ބޮޑުވި އާލިއާ ގެ އެއް ހުވަފެނަކީ އަމިއްލަ އަށް ކުޑަކުދިންގެ ވާހަކަ އެއް ނެރުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެޑް ފައިންޑްސް އަ ހޯމް" ގެ  ނަމުގައި އާލިއާ ނެރުނު ވާހަކަ ފޮތަކީ ނެރެމުން އަންނަ ހެދުން ކަލެކްޝަން ބްރޭންޑް "އެޑް-އަ-މަމާ" އާއި ގުޅުވާލައިގެން ނެރުނު ފޮތެކެވެ.

"އެޑް ފައިންޑްސް އަ ހޯމް" ގައި ހިމެނޭ ކުރެހުންތައް ތައްޔާރު ކޮށްފައި ވަނީ ތަންވީ ބަޓެވެ.

"އެޑް ފައިންޑްސް އަ ހޯމް" މިހާރު ފޮތް ވިއްކާ ގިނަ ފިހާރަތަކުންނާއި އޮންލައިންކޮށް ވެސް ގަނެވޭނެ ކަމަށް އާލިއާ ބުނެފައިވެއެވެ. 

އަނެއްކޮޅުން އާލިއާ ބަޓް އެންމެ ފަހުން ޕްރޮޑިއުސް ކުރި ފިލްމް "ޖިގްރާ" ވެސް އޮކްޓޯބަރު 11 ގައި ސިނަމާތަކަށް އައުމަށް ހަމަޖެހިފައެވެ.