މާލޭ މޭރީ ބްރޯން ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް

މާލޭ މޭރީ ބްރޯން ކުރިމަތީގައި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފިއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ވަރަށް ބާރަށް ދުއްވާފައި ދިޔަ ސައިކަލަކުން ޒިބްރާ ކުރޮސް މަތިން ހިނގާފައިދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. ހާދިސާ ހިނގާފައިވަނީ މިރޭގެ 8.10 ހާއިރުއެވެ.
ސައިކަލު ޖެހިގެންވީ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާއަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. މަންޒަރުދުށް މީހަކު މައުލޫމަތު ދިންގޮތުގައި ބޮޑަށް އަނިޔާވެ ޒުވާނާގެ ބޯވަނީ އެކްސިޑެންޓްގައި ޗިސްވެ ފުރާނައަށް ނުރައްކާވެފައެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި އެކަން ހިނގީ މާފަންނު ބަސްޓާމިނަލު ކުރިމަތިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޒިބްރާ ކުރޮސް މަތިން ހިނގާފައިދިޔަ މީހެއްގެ ގައިގައި ޖެހިގެންނެވެ. މީގެ އިތުރަށް އެހެން ދުއްވާފައި ދިޔަ ޕިކަޕެއްގައިވެސް އެ އެކްސިޑޭންޓްގައި ޖެހިފައި ވެއެވެ. އެކްސިޑެންޓްގައި ތިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވެ އައިޖީއެމްއެޗުން ފަރުވާކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ. އަނިޔާ ލިބުނު ތިންމީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިޔަސް ކަމަށްވެސް ފުލުހުން މައުޅޫމާޔު ދެއެވެ.
މިރޭ ހިނގި އެކްސި ޑެންޓްގައި އަނިޔާވި އަލްސަން 17 ނިޔާވެއްޖެއެވެ. އަލްސަން ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަަދު އަބްދުލްގަނީއާއި މަރިޔަމް އަޝްފާގެ ދަރިއެކެވެ.