މުއިއްޒު އަލަށްބާރު ހޯދައިގެން ޔަހޫދީންނަށް ހުޅުވާލުން
ޔަހޫ ދީ ވިސްނުން ޕްރަމޯޓްކުރުމުން ހަންފެތުރުނެޅ
ދިވެހިރާއްޖޭގެ ބަދަލުވި ހާލަތެވެ. މިއަދު ޔަހޫދީންނާއި ގުޅުން ބޮޑު މީހުން ރުއްސަން ޔަހޫދީންގެ ހުރި ރަގަޅު ސިފަތައް ދެނެގަންނަން މުއިއްޒު ގެ ޓީމުން ފޫގަޅައިފިއެވެ. މުއިއްޒުގެ މީޑިއާ ޕްރޮޕެގަންޑާ މެޝިންތަކުން ޔަހޫދީންގެ ހެޔޮކަމާއި ރަގަޅު ކަމާއި، މުސްލިމުންނަށް އިހުތިރާމް ކުރާ މިންވަރު އަދި ދިވެހި މުސްލިމުންނަށް ހެޔޮވާނެ މިންވަރު ބަހުސްތަކުގައި ހެޔޮވަރު ވަރަކަށް ދައްކަން ފެށީއެވެ. އިޒްރޭލު މީހުންނާއި ފަލަސްތީނު މުސްލިމުން އެއްހަމައެއް ނުކުރެވޭނެއެވެ.
އަލައްބާރަކީ އިޒުރޭލު މީހުންގެ ފަޅިއަށް ހާއްސަ ގުޅުންތަކެއް ގެންގުޅޭ މީހެކެވެ. ތައުރާތުގެ ޗާޕުގައި “މި ފޮތް ހާއްސަ ކުރެވިފައިވަނީ އަލައްބާރަށް އޭނާގެ ޝަރަފަށް ޓަކައި” ލިޔެ ކޮށްފައިވާ ޝުކުރުގެ ފަށުވި ލިޔުންތައް ދުނިޔޭގެ އެތަން މިތަނުގައި ހާއްސަކޮށް އިޒުރޭލުގައި އެބަހުއްޓެވެ. މިކަމުގެ ހަބަރުތައް މުޅި ދުނިޔޭގެ ހަބަރުތަކުގެ ސުރުހީތައް ޖަހައިގަތެވެ.
އަލައްބާރު ހާމަކުރާ ގޮތުންނަމަ އޭނާވެސް ބަލައިގަންނަނީ އޭނާގެ ބައްޕަގެ ބަހެވެ. މުއިއްޒު އަމަލުކުރަނީ ބައްޕަގެ ފޮތަށް ކަމަށް އަމިއްލައަށް ބުނެފައިވެއެވެ. “ތިމާ ކައި ހަޑިކުރާ ތަށި ސާފު ކުރަންޖެހޭނީ އެމީހަކު، އެމީހެއްގެ އެނދު ރީތި ކުރަންޖެހޭނީ އެމީހަކު” އަދި “ގާޒާގެ މައްސަލައަކީ އެމީހުންގެ މައްސަލައެއް، އެކަން ހައްލު ކުރަން ޖެހޭނީ އެމީހުން އެއީ އަހަރުމެންނާއި ބެހޭ ކަމެއް ނޫން” އަލައްބާރު ބަސްދީގަތުމެއްގައި ބުނެފައިވާ ކަމަށް މީޑިއާތަކުގެ ރިޕޯޓްތަކުގައި ވެއެވެ.
*ތިމަންނާ މީ ވިޔަފާރިކުރާ މީހެއް. ސްޕޮންސަރ ދޭ މީހުންގެ ވިޔަފާރިތަކަށް ތިމަން އިސްކަމެއްދީގެން މަސައްކަތް ކުރާނަން” އިޒްރޭލްގެ ވިޔާރި ކުރާ މީހުންނާއި ގުޅޭ ގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި ބުނެފައިވެއެވެ. އަދި ވަކިން ހާއްސަކޮށް “ޔަހޫދީންގެ ރަގަޅު ސިފަތައް ފެންނާނީ އެމީހުންނާއި އެކު ދިރިއުޅުނީމާ” އަލައްބާރު ބުނެފައިވެއެވެ.
ކީރިތި ގުރުއާނުގައި ޔަހޫދީނާއި ދުރުހެލި ވުމަށާއި އެމީހުންނަކީ އިތުބާރު ހިފޭނެ ބައެއް ނޫންކަމަށް އަންގަވާފައިވާ ކަމަށް ދީނީ ބައެއް ބޭބޭ ފުޅުން ބުނެފައިވެއެވެ. ފަހަރުގައި އެއީ ކުރީގެ ތަރުޖަމާއަކަށް އަދުގެ ދިވެހި ޕްރީޕެއިޑް ޝޭހުންނަށް ވެދާނެއެވެ.
މުޅި ދިވެހި ދައުލަތް ހިމެނޭހެން މުޅި ސަރުކާރާއި ސަރުކާރުން މަހުކުލިދައްކާ ގަލަމާއި ދޫ ގަނެފައިވާ މީޑިއާތަކުން ޔަހޫދީންގެ ހިތްހެޔޮކަމާއި ރީތިކަން ދައްކާދޭން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ. ދިވެހިން މޮޔަހެއްދުމުގެ މުޅިން އައު ބާބެކެވެ.
މިއަދުގެ ވެރިމީހާ ކަޅު މުހައްމަދު ރަސްގެފާނާއި ސަގަރު ލުތުފީއާއި އަނދިރި އަނދިރީންނަށް ވުރެ ގޯހެވެ. ދުވަހަކުވެސް ދިވެހީންގެ ވެރިއަކު ނުކުޅޭ ކަމަކާއި ފާޅުގައި ކުޅެ ދިވެހީންގެ އަގީދާ ގުޑުވާލަނީ ނޫންބާވައެވެ. ސަރުކާރުގެ ވުޒާރާތަކާއި އެސްއޯއީތަކާއި މަޖިލިސް މެމްބަރުންނާއި ބޮޑެތި ވިޔަފާރިވެރީންވެސް އަދި ވަކީން ހާއްސަކޮށް އަދުގެ އިލްމު ވެރިންގެ ލަގަބު ނަގައިގެން ތިބި މީހުންނަށްވެސް މިއަދު ޔަހޫދީން މީރުވީއެވެ. އަލައްބާރުގެ ޔަހޫދީ ގުޅުންތައް އަދިއޭނާއަށް ޔަހޫދީންގެ ފަރާތުންލިބޭ އިނާޔަތްތަކަކީ އިންސާނިއްޔަތާއި ހަމަހަމަކަން ދެމެހެއްޓުމަށް ލިބޭ އެއްޗެއްސަށް ވެ ނިމެނީއެވެ.
ދިވެހިރާއްޖެ އަދުން ފެށިގެން 20 އަހަރުކުރިއަށް ބަލާލަމާތޯއެވެ. މިއަދު މުއިއްޒުގެ އައުވާނުން ކުރާ ކަންކަމުގެ ނަތީޖާއާއި އެންމެ އަވަސްވެގެންވެސް ކުރިމަތި ލާނީ ގާތްގަނޑަކަށް އެހާ ހިސާބުގައެވެ. ދިވެހީން ފަހުރުވެރިވާ ދީން ނެތިދާނެއެވެ. ދިވެހީންގެ ތާރީހާއި ސަގާފަތް އޮޅިދާނެއެވެ. ހުރިހާ ޝުކުރެއް ހައްގުވާނީ މިއަދުގެ ސަރުކާރުގެ ވެރީންނާއި އޭނާގެ މަޖިލިސް މެމްބަރުންނަށެވެ.
މިއަދު މިފަދަ ޔަހޫދީ ވިސްނުންތައް ބާޒާރަށް ނެރި ވިއްކާވިއްކުމުގެ ޝިކާރަވެރީންނަށް ވާނީ މިއަދު މިވެރީން މިނިންމާ ނިންމުންތަކުގައި އެއްގޮތަކަށްވެސް ބައިވެރި ނުވާ ޖީލެކެވެ. އޭރު މުއިއްޒެއް ނުހުންނާނެއެވެ. އޭނާގެ ސަރުކާރެއްވެސް ނޯންނާނެއެވެ. އެހެންނަމަވެސް އޭނާގެ ނިންމުންތަކުގެ މޫ އޭރުވާނީ ލާފައެވެ. ޔަހޫދީ ސްޓޭޓެއް ދިވެހީންގެ ތެރޭގައި ވުން ގާތެވެ. މިނިންމުމުގެ ބައިވެރިންނަށް ނުވާން ދިވެހީން އަމާޒު ހިފާންވެއްޖެއެވެ.
ގައުމިއްޔަތު މިނިސްޓްރީ އުވާލި ސަބަބު އެބަ ސާފުވެއެވެ. ދިވެހީން ހޭލާށެވެ. މާދަމާގެ ދަރީން ޔަހޫދީންނަށް ސަޖިދަ ކުރަން ޖެހުމުގެ ބައިވެރިންނަށް ނުވާށެވެ. އައްޔަސް އަނދިރިއަސް ޑޮލަރު ދޭނެ ކަމަށް ބުނާ ބުނުމަށް ނުހެއްލޭށެވެ. ރައްކާތެރި ވާށެވެ. ހޭލާށެވެ.
ދިވެހި ސިފައިންނާއި ފުލުހުން މި ގައުމަށް ގައްދާރު ނުވެ ބަސްބުނާށެވެ. އެއީ ތިޔަ އެންމެންގެ ޒިންމާއެކެވެ. ހެއްދެވިފަރާތް ގަންދީ ކުރި ހުވާގެ އަސާސްތައް ދަމަހައްޓާށެވެ. ދިވެހިރާއްޖެ ނަސްލީ ހަމަނުޖެހުމަކަށް ހުށަހަޅާން ފުރުސަތު ނުދޭށެވެ. ދިވެހީންގެ ގޮތުގައި ދިވެހީން ދިރިއުޅުނަދޭށެވެ. މި ރާއްޖެއަކަށް މުއިއްޒެއް ކާސިމެއް މުހިންމެއް ނޫނެވެ. ދިވެހިރާއްޖެ ދެމިއޮންނަން ޖެހޭނެއެވެ.




