ހީރަސް ރެސިޕީ: އޯޓް ބޯކިބާ

ހީރަސް ރެސިޕީ: އޯޓް ބޯކިބާ

ހީރަސް ރެސިޕީގައި މިއަދު ކިޔުންތެރިންނަށް ގެނެސްދޭނީ އޯޓްސް ބޯކިބާ އެވެ. އޯޓްސް ބޯކިބަލަކީ ތަންކޮޅެއް ފަސޭހައިން އަޅާލެވޭ ބޯކިބަލެކެވެ. އޯޓްސް ބޭނުން ކުރުމުން ބޯކިބާ އެޅުން ތަންކޮޅެއް އަވަސްވެއެވެ.

  • ބޭނުންވާތަކެތި:
  • 1 ޖޯޑު އޯޓްސް
  • 1 ޖޯޑު ފެނުކައްކާފައިވާ އަލުވި
  • 1 މަސްދަޅު
  • 1 ސައިސަމްސަލުގެ ޗިސްކޮށްފައިވާ އިނގުރު
  • 1 ފިޔާ
  • 1 ލޮނުމެދު ޗިސްކޮށްފައި
  • 1 ސައިސަމްސާ ތެޔޮ
  • 1/2 ލުނބޯގެ ހުތް
  • 10 ހިކަނދިފަތް
  • 1/2 ގިތެޔޮމިރުސް
  • 1/4 ސައިސަމްސާ ރީނދޫ
  • ރަހަލާވަރަށް ލޮނު
  • ހަދާނެގޮތް:

ތަަައްޔާރު ކުރުން :

  • އޯޓްސް، ޕެކެޓުގައިވާ ގޮތަށް ތައްޔާރުކޮށްލާށެވެ. ގިނަ ފަހަރަށް ޕެކެޓްގައި އޮންނާނީ ފެންކޮޅަކަށް އަޅާފައި ކުޑައިރުކޮޅަކު ބަހައްޓާލަން ބުނެފައެވެ.
  • ގިތެޔޮމިރުހާއި ފިޔައާއި ހިކަނދިފަތް ތުނިކޮށް ކޮށާލާށެވެ.
  • ކޮށި ތަކެއްޗާއި އިނގުރާއި، ލޮނުމެދާއި، ލުނބޯ ހުތް ލޮނުކޮޅާއި އެކު ރަނގަޅަށް މޮޑެލާށެވެ.
  • އޭގެތެރެއަށް މަސްދަޅާއި، އަލުވި، ރީނދޫ އަދި އޯޓްސްކޮޅު އަޅައި އެއްކުރާށެވެ.

ބޯކިބާ ފިހުން: 

  • ތަވައެއް އުދާށެވެ. ނޮން ސްޓިކް ވައްތަރުގެ ތަވައެއް އޮތީއްޔާ އެ ބޭނުން ކުރާށެވެ.
  • ތެޔޮކޮޅު ޓިޝޫކޮޅެއް ބޭނުންކޮށްގެން ތަވާގައި ރަނގަޅަށް ހާކާލާށެވެ.
  • އެއްކުރި ސާމާނު ތަވަޔަށް އަޅާލާފައި ރީތިކޮށް ފަތުރާލާ އޮމާންކޮށްލާށެވެ. ބައި އިންޗިއެއްހާ ބޯމިން ހުންނާނެ ވަރަށް ފަތުރާލީމަ ރަނގަޅުވާނެއެވެ.
  • ގިނި ބަހައްޓާނީ މަޑުކޮށެވެ. އަދި ބޯކިބަލުގެ މަތީބައިގެ ތެތްކަން ފިލަންދެން  ފިހުމަށްފަހު ފުށުން ޖަހާށެވެ.
  • ދެން އަޑީގައި އޮތް ބަޔަށް ރަން މުށިކުލަ އަރަންދެން ފިހާށެވެ.