ޑްރެގަން ފްރުޓް ވަރެއް ހަމަ ނެތް
ހަންގަނޑަށް މޭވާ އެއްގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެއް
ޑްރެގަން ފްރުޓް ނުވަތަ ޕިޓާޔާ އަކީ ފައިބަރ ގިނައިން ހިމެނޭ، ކާބޯހައިޑްރޭޓްސް މަދު، އަދި މެގްނީޒިއަމް، ފޮސްފަރަސް، މުހިއްމު ވިޓަމިންސް، ދަގަނޑު، އޮމެގާ ފެޓީ އެސިޑް، އަދި އެންޓިއޮކްސިޑެންޓްސް ފަދަ ނިއުޓްރިއެންޓްސް ގިނައިން ހިމެނޭ މޭވާއެކެވެ. މިއީ ޑްރެގަން ފްރުޓް ބޭނުން ކޮށްފިނަމަ ހަންގަނޑަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ސަބަބުތަކެވެ.
ޑްރެގަން ފްރުޓަކީ ވިޓަމިން ސީ އަދި އީ ހަށިގަނޑަށް ފޯރުކޮށްދޭ ރަނގަޅު މަސްދަރެކެވެ. މިއީ ހާސްވެ ކަންބޮޑުވުމާއި ދެކޮޅަށް މަސައްކަތްކޮށް، އަވިން ފިހިފައިވާ ތަންތަނަށް ފަރުވާ ދިނުމަށާއި، ދުޅަވުން ހުއްޓުވުމާއި، ހަންގަނޑު ތެތްކޮށް ބެހެއްޓުމަށް އެހީތެރިވެދޭ މޭވާއެކެވެ.
ހަމައެއާއެކު، ޑްރެގަން ފްރުޓް ކެއުމަކީ ކޮލެސްޓްރޯލް ލެވެލް، ލޭގައި ގްލޫކޯޒް ލެވެލް، އަދި ލޭމައްޗަށް ދިއުން ދަށްކޮށް ދިނުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ގައިގެ ހަންގަނޑަށްވެސް އެ މޭވާ އެއްގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާ އެކެވެ.
ހަންގަނޑަށް ޑްރެގަން ފްރުޓް ބޭނުން ކުރެވިދާނެ ގޮތްތައް:
ޑްރެގަން ފްރުޓްގެ ސަބަބުން ހަންގަނޑަށް ލިބޭ ފައިދާތައް ނުހަނު ގިނައެވެ. ކަންމިހެން އޮތްއިރު، އަވަސް ނަތީޖާ ހޯދުމަށް ގަވާއިދުން ޑްރެގަން ފްރުޓް ކެއުމަށް ނުވަތަ މޫނުގައި އުނގުޅުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން،ޑްރެގަންފްރުޓް ބޭނުންކޮށްގެން ހަމަށް ދިމާވާ އެކި މައްސަލަތަކަށް އަމާޒުކޮށްގެން ތަފާތު ފޭސް ޕެކްތައް ހަދާލެވޭނީ އަންނަނިވި ގޮތްތަކަށެވެ.
1. މޫނުގައި ބިހިނެގުމަށް:
ޑްރެގަން ފްރުޓް އަކީ ވިޓަމިން ސީ، ޒިންކް، އަދި ނިއަސިނަމައިޑް މުއްސަނދި މޭވާ އަކަށްވީއިރު، މިއީ މޫނުގައި ބިހިނެގުން މަދުކޮށްދިނުމަށް އެހީތެރިވެދޭ މައުދަންތަކެވެ. މިކަމަށްޓަކައި:
- ޑްރެގަން ފްރުޓްގެ ދެތިން އެތިކޮޅު ނަގައި ހިމުން ޕޭސްޓަކަށް ހަދާލާށެވެ.
- ދެން ކުޑަ ކަފަ ބޯޅައެއް ނަގާ ނުވަތަ އިނގިލިތައް ބޭނުންކޮށްގެން މޫނުގައި ބިހި ހުރި ތަންތަނުގައި އުނގުޅާލާށެވެ.
- ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު ދޮވެލާށެވެ.
- ހަންގަނޑުގައި ރަނގަޅަށް ރިއެކްޓް ކުރާނަމަ އެއްރޭ ވަންދެން ވެސް ދޫކޮށްލެވިދާނެ އެވެ.
2. އޮމާން ހަންގަނޑަކަށް:
ޑްރެގަން ފްރުޓްގައި ހިމެނޭ ވަރުގަދަ އެންޓިއޮކްސިޑެންޓްތަކާއި މިނަރަލްސްގެ ސަބަބުން ފަނޑު އަދި ދިރުން ގެއްލިފައިވާ ހަންގަނޑަށް ތާޒާކަމާއި އުޖާލާކަން ލިބި، އަވިން ފިހިފައިވާ ތަންތަން ވެސް ލުއިކޮށްދެ އެވެ. މި ފޭސް މާސްކް ހެދުމަށް:
- ކަނޑާފައިވާ ޑްރެގަން ފްރޫޓްގެ 1/4 ތަށި ނަގައި ހިމުން ކޮށްލާށެވެ.
- ދެން ވިޓަމިން އީ އަދި/ނުވަތަ ކޮންމެވެސް ވަރަކަށް އެލޯ ވެރާ ޖެލް އެޅުމަށްފަހު އެއްކޮށްލާށެވެ.
- އެއަށްފަހު، މި ޕޭސްޓް މޫނުގައި 15 މިނެޓު އުނގުޅާފައި ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ.
މިއީ ހައްތަހާވެސް ޑްރެގަން ފްރުޓްގެ ސަބަބުން ލިބޭނެ ފައިދާތަކެވެ. އެހެންނަމަވެސް، ޑްރެގަން ފްރުޓް ބޭނުންކުރުމުގެ ކުރިން އެއީ ތިމާ އާއި ގުޅޭ މޭވާއެއްތޯ ބެލުމަށާއި އެލާޖިކް ރިއެކްޟަނަކުން ސަލާމަތްތެރިކަން ހޯދުމަށް ޕެޗް ޓެސްޓެއް ހަދާލުމަކީ ބުއްދިވެރިކަމެކެވެ.