ލޭމައްޗަށް ދިޔުމާ ހަކުރަށް ކާފޫރުތޮޅި އާއި ފާގަ!
ކާފޫރުތޮޅި ޕައުޑަރުން ލޭގެޕްރެޝަރު ދަށްކުރޭ
ފާގަ
ފާގަ އަކީ ހޫނު ސަރަޙައްދުތަކުގައި ފެންނަ ވެލެކެވެ. ފާގައަކީ ކިއުކަންބާއާއި ތޮރާއާއި ޗިޗަންޑާއާއި ކެކުރިއާއި ފަދަ ވެޔޮތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ވެލެކެވެ. ފާގައަކީ އޭޝިއާގެ ކެއުމުގައި އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ފާގައަކީ ނިއުޓްރިއެންޓްސްތަކާއި ވަރުގަދަ އެންޓިއޮކްސިޑެންޓްތަކުން ފުރިފައިވާ އެއްޗެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި ފާގައިން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދެއެވެ. އިންސިއުލިން އުފެއްދުމަށް އެހީތެރިވެދެއެވެ. އިންސިއުލިންއަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ހަމަޖެހޭ މިންވަރެއްގައި ބެހެއްޓުމަށް ޒިންމާވާ ހޯމޯނެވެ.
ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމަށް އިންސިއުލިން ބޭނުންކުރާނަމަ ފާގަ ދުވަހުން ދުވަހަށް ކެއުމަށް އިތުރުކުރުމުގެ ކުރިން ސިއްހީ ފަރުވާދޭ ފަރާތަކާ މަޝްވަރާކުރުން މުހިންމެވެ. އެއީ ލޭގައި ހުންނަ ހަކުރުގެ މިންވަރު ނުރައްކާތެރި ވަރަށް ދަށްވެދާނެތީއެވެ.
ޖަނަވާރުން ބޭނުންކޮށްގެން ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި ފާގައިން ޓްރައިގްލިސެރައިޑް އާއި އެލްޑީއެލް (ނުބައި) ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް ދީފާނެއެވެ. ނަމަވެސް މިކަން ޔަގީން ކުރުމަށް އިންސާނުންނަށް ދިރާސާތައް ކުރަން ޖެހެއެވެ.
ކާފޫރުތޮޅި
ކާފޫރުތޮޅިއަކީ " ހަވާދުގެ ރާނީ" ގެ ގޮތުގައި ވެސް ބުނެވޭ އެއްޗެކެވެ. ކާފޫރުތޮޅިއަކީ ޒަމާންވީ އާޔުރުވޭދާގެ ބޭސްވެރިކަމުގައި ބޭނުންކުރަމުން އައި އެއްޗެކެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކާފޫރުތޮޅި ފުށުން ލޭގެ ޕްރެޝަރު މަތިވެފައިވާ މީހުންގެ ޑަޔަސްޓޮލިކް ބްލަޑް ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭކަމަށް ބެލެވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކާފޫރުތޮޅިފުށުން ޑަޔަސްޓޯލިކް ލޭގެ ޕްރެޝަރު މަތިވެފައިވާ މީހުންގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދާނެ ކަމަށް އިތުބާރުހުރި 85 ފަރާތަކުން ކަށަވަރުކޮށްދެއެވެ.
ފަހަކަށްއައިސް ކުރެވުނު އެއް ދިރާސާއަކުން ދައްކާ ގޮތުގައި ކާފޫރުތޮޅިން މާބަނޑު އަންހެނުންގެ ބަޑުގައި އުފެދޭ މައްސަލަތައް ކުޑަކުރުމަށް އެހީތެރިވެދެއެވެ.
މީގެ އިތުރުން ޓެސްޓް-ޓިއުބް އަދި ޖަނަވާރު ބޭނުންކޮށްގެން ކުރީން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި ހެލިކޮބެކްޓަރ ޕައިލޯރީ ބެކްޓީރިއާއިން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމަށް ދައްކައެވެ. މިއީ ބަނޑުގައި އުފެދޭ އަލްސަރގެ އާންމު ސަބަބެކެވެ. އަލްސަރގެ ސައިޒު މަދުވެގެން %50 އަށް ކުޑަކޮށްދޭ ކަމަށް ނުވަތަ އެއްކޮށް ނައްތާލާ ކަމަށްވެސް ދައްކައެވެ.
ނަމަވެސް، މި ކަންކަމާ ގުޅޭގޮތުން ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން އިންސާނުންގެ މައްޗަށް މިކަމާގުޅޭ އިތުރު ދިރާސާތައް ކުރަން ޖެހެއެވެ.