ދިވެހިންނަކީ އެކަކު އަނެކަކަށްޓަކާ ތިބޭ ބައެއް: މާލޭ މޭޔަރ

ދިވެހިންނަކީ އެކަކު އަނެކަކަށްޓަކާ ތިބޭ ބައެއް: މާލޭ މޭޔަރ

ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހަކީ ވަރަށް ގިނަ ހަނދާންތައް އާކޮށްދޭ އަދި ޢިބްރަތްތެރި ފިލާވަޅުތަކެއް ލިއްބައިދޭ ދުވަހެއްކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއއޖެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުން އަންގައިދިނީ، ދިވެހިންނަކީ ހުރިހައި ޙާލަތެއްގައި ވެސް އެކަކު އަނެކަކަށްޓަކައި ތިބޭ ބައެއްކަން އެނގިގެން ދާކަމުގައިވެސް މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.

އެއްބައިވަންތަކަމުގެ ދުވަހުން އެކެއްގެ އިޙުސާސްތަކާއި އުދާސްތައް އަނެކަކަށް އެނގޭކަން އަންގާދޭ ކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ. އެއްބައިވަންތަކަމުގެ ޗޭނަކުން އަބަދު ވެސް ދިވެހިން ގުޅިފައިވާކަން އެނގިގެން ދާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސްނާމީ ކާރިސާއާ ގުޅިގެން، ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެހީތެރިކަމާއި ކުލުނުވެރިކަމާއި، އެކަކަށް ޓަކައި އަނެކަކު ހުރިކަން ހާމަކޮށް ދިން ރީތި މިސާލުތަކެއް ކަމަށްވެސް މޭޔަރ ވިދާޅުވިެއެވެ.

ސްނާމީގެ ދުވަހަށް ނިސްބަތްކޮށް، ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހަކީ ވަރަށް ގިނަ ހަނދާންތައް އާކޮށްދޭ އަދި  ޢިބްރަތްތެރި ފިލާވަޅުތަކެއް ލިއްބައިދޭ ދުވަހެއް ކަމަށްވެސް މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.

މޭޔަރ އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓް ނިންމަވާލެއްވީ ހުރިހައި ވަގުތެއްގައި، ހުރިހައި ޙާލަތެއްގައި ދިވެހިންގެ ކިބައިގައި މި ސިފައަށަގަންނަވާށިއޭ ވިދާޅުވެ ދުއާކުރައްވަމުންނެވެ.