ގާނޫނު ނެތުމަށްވުރެ ގޮނޑިކޮއްކޮ ގާނޫނުތަކެއް އޮތުން މާގޯސް

ގެރިހަން ލައިގެން މިނިކާވަގަށް އޮވެވޭނީ ޝިކާރައެއް ފެންނަންދެން

ގާނޫނު ނެތުމަށްވުރެ ގޮނޑިކޮއްކޮ ގާނޫނުތަކެއް އޮތުން މާގޯސް

ދިވެހިރައްޔިތުން މުއިއްޒާއި މުއިއްޒުގެ ސަރުކާރަކަށް އިތުބާރެއް ނުކުރެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މުއިއްޒުދައްކާ ވާހަކަތަކާއި ދިމާ ހިލާފަށް އަމަލުތައް ބަހައްޓާތީއެވެ. ނުކުރާނަމޭ ބުނާ ކަމެއް ކުރާތީއެވެ. އަދި ކުރާނެކަމަށް ބުނާ ކަމެއް އަމުދުން ނުކުރުމުގެ ޝައުގު ގެންގުޅޭތީއެވެ. މުއިއްޒުގެ ސަރުކާރުގެ ވަޒީރުން ދައްކާ ވާހަކަތަކާއި މުއިއްޒު ދައްކާ ވާހަކަތަކުގެ ފުށުއެރުން ތަކެއް ހުންނާތީއެވެ.

ރަސްމާލެ ޔަހޫދީއަކަށް ޔަހޫދީންނަށް ދިރިއުޅުމުގެ ފުރުސަތު ލިބޭގޮތަށް ދިނުމާއި ބެހޭ ގޮތުން ދައްކާފައި ހުރި ވާހަކަތަކާއި އެތަން އުފައްދަން ދައްކާފައިވާ ވާހަކަތައް މިސާލަކަށް ފުދެއެވެ. ދިވެހީންގެ ބޯހިޔާވަހިކަމަށް ވުރެ މުއިއްޒަށް މުހިންމުވަނީ ހަރުބީ އިޔަހޫދި ޒަޔަނިސްޓުން ރުއްސުމެވެ.

މުއިއްޒުގެ ސަރުކާރަކީ މަޖިލިހުން ބޭނުން އެއްޗެއް ފާސްކުރުމުގެ ތައްގަނޑެއް ގެންގުޅޭ ސަރުކާރެކެވެ. އެއް ގާނޫނަކަށް ފުލުފުލުގައި ދެތިންފަހަރުވެސް ބަދަލު އައިސްފައި އެބަހުއްޓެވެ. ފުރިހަމަ މާނައިގައި ގާނޫނުތައްވެސް ހުރީ މުއިޒުވެފައެވެ. މިސާލަކީ ޓެކްސް ނެގުމުގައި ހިމެނޭ ކޮންމެވެސް 40 ޕަރސެންޓެއް މުއިޒުވި ވުމެވެ. ބޮޑުކޮށް ނެގި ޔޫޓާރން އެކެވެ. ހަމަ އެގޮތް އިއްޔެ ފާސްކުރަން ހުށަހަޅާފައިވާ ޔަހޫދީ ރާއްޖޭގެ ގާނޫނަށްވެސް އެހެން ވުމުގެ ފުރުސަތު ބޮޑެވެ.

މުއިއްޒާއި މުއިއްޒުގެ ސަރުކާރުން ކުރާކަންކަމުން މަކަރާއި ހީލަތް ބޮޑުތަނުން ހިމެނިގެން ހިންގާ ކޮރަޕްޓް ސަރުކާރެއް ކަމަށް ބުނުމުގެ ފުރުސަތުބޮޑެވެ. އަމިއްލަ މަސްލަހަތު ދިފާއު ކުރުމަށް ކޮންމެ ފަދަ ކަމެއްވެސް ކުރާނެއެވެ. 

ނިތްކުރީގައި ލަފެއް އިނުމަކީ ދީނީކަމުގެ ނިޝާނެއް ނޫނެވެ. ނުބައި ކަމުގެ ސިއްކަވެސް ނިތްކުރީގައި އިނދެދާނެއެވެ. ދިވެހިވަންތަކަމާއި ވަތަނީ ސިފައަކީ މުއިއްޒުގެ ސަރުކާރުގެ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫނެވެ. މުއިއްޒަށް އަދި މުއިއްޒުގެ ވަޒީރުންނަށާއި މުއިއްޒުގެ މުއައްސަސާތަކާއި މުއިއްޒުގެ މަޖިލިހުގައި ތިބި މީހުންނަށް އެމީހުންގެ ދަރީން ޔަހޫދީންގެ ގޮތުގައި ބޮޑެތި ކުރަން އެންމެ ރަގަޅު ވެދާނެއެވެ. އެމީހުންގެ ދަރީން ޔަހޫދީންނާއި އިނދެގެން ގެއަށް ގެންނަން އެންމެ ރަގަޅު ވެދާނެއެވެ. އެމީހުންގެ ދަރީންނާއި އެމީހުން މާދަމާ ފައްޅިތަކުގައި އަޅުކަން ކުރަން އެންމެ ރަގަޅު ވެދާނެއެވެ. އެމީހުންގެ މައިންބަފައިން ފައްޅިތަކަށް އަޅުކަން ކޮށްލަން ދިޔުން އެންމެ ރަގަޅު ވެދާނެއެވެ. ނަމަވެސް އާންމު ދިވެހިން އެގޮތަކަށް ނުރުހޭނެއެވެ. 

ގާނޫނު އަސާސީ އަކީ ފުރިހަމަ ލިޔުމެކެވެ. އެހެންނަމަވެސް އެވެސް މުއިއްޒު ބަދަލު ކުރީއެވެ. ނަމަވެސް ވެރިކަމަށް އައީ އެއާއި އެއްގޮތަށް އަމަލުކުރާން މާތް ރަސްކަލާނގެ ގަންދީ ހުވާކޮށްގެންނެވެ. މުއިއްޒުގެ އަމަލުތައް ގާނޫނު އަސާސީއާއި ދިމާނުވެ ނާޗަރަންގީ ބޮޑުވީމާ މުއިއްޒާއި އެއްގޮތަށް ގާނޫނު އަސާސީ ބަދަލު ކުރަނީއެވެ. އެއްޔަކީ ގާނޫނުއަސާސީއާއި އެއްގޮތަށް އަމަލުކުރުމެއް ނޫނެވެ. ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމެއްވެސް ނޫނެވެ. 

މިއީ މުއިއްޒެވެ. މުއިއްޒުގެ ސަރުކާރެވެ. މުއިއްޒުގެ މަޖިލިހެވެ. އެމީހުންގެ ގޮތެވެ. ދަސްވެފައި ހުރި އަހުލާގެވެ. ދުނިޔެމަތީގައި މީހެއްގެ ކިބައިގައި ނުބައިކަން އަށަގަތީމާ އަމިއްލަ ނަފުސުން ދުރަށް ސޫތެއްވެސް ނުބަލާނެއެވެ.

ދިވެހީންގެ ތެރޭގައި ދީނީ ތައުލީމު އުނގެނިފައިކަމަށް ހެދިގެން އުޅޭ މީހުން އުޅޭ ކަމަށް ވެދާނެއެވެ. އެމީހުންގެ ދީނީ ލަފައާއި ތައުލީމަކީ ފައިސާއަށް ވިއްކާ އެއްޗަކަށް ވެއްޖެކަމުގެ ނިޝާންތައް ރާއްޖެއިން ފެނެއެވެ. ސަލަފުއްސޯލިހު ހެދިގެން ގެރިހަންލައިގެން މިނިކިވަގަށް އޮވެވެނީ ޝިކާރަ ކުރާނެ ޖަނަވާރެއް ނެތްހާ ހިނދެވެ. ޝިކާރައެއް ފެނުމާއެކު ލައިގެން އޮތް ގެރިހަންގަނޑުން ބޭރުވެ އަސްލުސޫރަ ފާޅުވެއެވެ. 

ދިވެހި ދުސްތޫރުގައި ވާގޮތަށް އަމަލު ކުރުމަކީ ކޮންމެ މީހަކުމެ ކުރުން ލާޒިމު ކުރާ ކަމެކެވެ. ނަމަވެސް ތިމާގެ ވަތަން ވަޒީފާއާއި ފައިސާއަށް ވިއްކީމާ މި ވަތަނުގެ މާދަމާ ގެއްލުނީއެވެ. ގާނޫނު ހެދުމާއި ގާނޫނު މާނަކުރުން މިއަދު މިވަނީ ތިމާ މީހާ ކޮށްޅަން ހުންނަން ގެންގުޅޭ އަސަޔަށް ވެފައެވެ. ބޭނުން ގޮތަކަށް ގާނޫނު ހަދަން ވީއެވެ. ބޭނުން ގޮތަކަށް މާނަވެސް ކުރަންވީއެވެ. ގާނޫނު ހަދާ ގާނޫނު ފާސްކޮށް ތަސްދީގުކޮށް އަމަލުކޮށް ގާނޫނުގެ ފިއްޔާއި އަކުރު ބަދަލު ކުރީމާ ގާނޫނު ނެތުމަށް ވުރެ މާގޯހެވެ. 

ދިވެހީންނަށް މި މުސްލިމު ގައުމުގައި ޔަހޫދީންނާއި ގައިރު މުސްލިމުން ވަޒަންވެރި ކުރުން ކަމުދާނަމަ ދައްކާނެ ވާހަކައެއް ނެތެވެ. ހަމައެކަނި ބުނަން ޖެހެނީ “ވެލްކަމް ޓު ނިއު ގާޒާ” އެވެ.

ކަމެއް ފަށަން ވަރަށް ރަގަޅު ގާނޫނޫ ތަކެއް ފަރުމާ ކުރެވިދާނެއެވެ. އެ ގާނޫނުގެ ދަށުން ބިޔަ މަޝްރޫއެއް ހިންގާ މީހުންގެ ސަމާލުކަން އެހެން ކަމަކަށް އަނބުރާލާ މަޖިލިހުން އެ ގާނޫނުތަކަށް ކުދިކުދި ބަދަލުތައް ގެނެސް ޔަހޫދީންނަށް މަރުހަބާ ކިޔަން ވީއެވެ. ދިވެހިރާއްޖޭގައި ގައިރު ދީންތަކުގެ މީހުން ވަޒަންވެރިކުރުވުމަކީ ޔަހޫދީންނަށްވެސް ދެވޭ ދައުވަތެކެވެ.