މުއިއްޒު އަޒުލުކުރެވެން އޮތީ މާއްދާ ހަތަރަކުން: ޑރ.ދީދީ
ރައްޔިތުންނަށް ހިޔާނަތްތެރި ރައްޔިތުންގެ މަޖިލީހެއް
ރައީސް މުއިއްޒާ ދެކޮޅަށް ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގެ ބޭނުން ހިފުން ނޫންގޮތެއް މިހާރު ނެތްކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުއްލާ ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަފަނޑިޔާރު ވިދާޅުވަނީ ރައްޔިތުން ތަމްސީލުކުރާ ޒިންމާދާރު ރައްޔިތުންހެ މަޖިލީހެއް ރާއްޖޭގައި އޮތްނަމަ މިހާރު ހުންނެވި ރަޢީސުލްޖުމްހޫރިއްޔާ ހުންނަނީ އަޒުލްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަފްހޫމަކީ ގާނޫނުއަސާސީ ދަންނަ މަފްހޫމެއް ނޫންކަމަށް ވިދާޅުވަމުން ޑރ. ދިދީ ވިދާޅުވީ ގަނޫނުއަސާސީ ދަންނަ މަފްހޫމަކީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިކުރުން ނުވަތަ ޢަޒްލުކުރުން. ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހުލާފަށް ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމަކީ އާންމުކަމަކަށް ވެފައިވާއިރު، އަޒްލުކުރުމުގެ ބާރު ގާނޫނުއަސާސީ އިން މަތިކޮށްފައިވާ މަޖިލީހުން ގާނޫނުއަސާސީއާއި ރައްޔިތުންނަށް ހިޔާނަތްތެރިވެ، އެމީހުންގެ ދުސްތޫރީ މަސްއޫލިއްޔަތުން އެއްކިބާވީމާ ދެން އޮންނާނީ އެންމެ ހައްލެއް.ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވެއެވެ. އެ ހައްލަކީ ގަނޫނުއަސާސީގެ 4 ވަނަ މާއްދާކަމުގައި އެ މަނިކުފާނު ވިދާޅުވެއެވެ.
ގާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ ބާރުގެ ވާހަކައެވެ. މިވަގުތަކީ ރައްޔިތުންގެ ބާރުގެ ބޭނުން ރައްޔިތުން ހިފަންޖެހިއްޖެއެވެ.




