ރަސްމާލެ | އަބްރަހަމް އެކޯޑްގެ އިންޑިޔާކަނޑު ވޮޗްޓަވަރ
ރަސްމާލެ އަކީ ރިއަލްސްޓޭޓަށްވުރެ ބޮޑަށް ޒަޔޮނިސްޓް ސިޔާސީ ޕްރޮޖެކްޓެއް
މެދު އިރުމަތީގެ މަސްރަހު އަލުން ބައްޓަން ކުރުމަށްޓަކާ ޔޫއޭއީ އާއި ސައޫދީއަރަބިޔާއިންނާއި އިޒްރޭލުން 2018 ވަނަ އަހަރު 2 ބިލިޔަން ޑޮލަރު ހޯދައިގެން މަސައްކަތްތަކެއް ކުރަންފެށިއެވެ. އެތޮޑޮކްސް ޔަހޫދީއެއް ކަމަށްވާ ޖެރެޑް ކުޝްނާ އަކީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ދަރިފުޅުގެ ފިރިކަލުންނެވެ.
ޖެރެޑް ކުޝްނާ ފަށާފައިވާ ފުޅާ މެދުއިރުމަތީގެ ތަސައްވުރު އދ ގެ ޖެނެރަލް އެސެމްބްލިގައި އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ 2025 ވަނަ އަހަރު ވަނީ ދުނިޔެއާ ހިއްސާކޮށްފައެވެ. ނަތަންޔާހޫ އެދުވަހު އދގެ އާއްމު މަޖިލީހުގައި ބުނީ ޖެރޫސަލަމުން މައްކާއަށް އިބްރާހީމިންނަށް އެއްގަލަށްއެރޭ ފެށުމެއްގެ ވާހަކައެވެ. ނަތަންޔަހޫ އެ އިޝާރަތްކުރީ އިބްރާހީމްގެ ފާނުގެ ދަރިފަސްކޮޅަށެވެ.
ޒަޔަނިސްޓުންގެ އެ މަގުޞަދު ހާސިލުކުރުމަށްޓަކައި، އަރަބި ޤައުމުތަކުން އިޒްރޭލާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް، ގުޅުންތައް އާންމު ހާލަތަކަށް ގެނައުމަށް "އަބްރަހަމް އެކޯޑް" އެކުލަވާލިއެވެ.
2020 ވަނަ އަހަރު މި އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރި ޤައުމަކީ ޔޫއޭއީއެވެ. މި އެއްބަސްވުމުގެ ދަށުން، ޔޫއޭއީން ދަނީ އެ ގައުމުގެ ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމަންޓްތައް މެދުވެރިކޮށް، މި ސަރަޙައްދުގައި އިޒްރޭލުގެ ނުފޫޒު ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ.
"ރަސްމާލެ" މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ނުފޫޒު ފެތުރުމަށްޓަކައި، އިޒްރޭލުގެ މީހުން ދާއިމީކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިކުރުވުމަށް ހިންގާ މިފަދަ އެއް މަޝްރޫޢެވެ.
މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އުތުރުގައި އޮންނަ "ސެވަން ޑިގްރީ ޗެނަލް" ހުރަސްކޮށް ދަތުރުކުރާ ކަނޑުގެ އުޅަނދުފަހަރު ކޮންޓްރޯލް ކުރުމާއި، މިޞްރާއި އީރާނުގެ ބާރުގެ ދަށުގައިވާ ސުއޭޒް ކެނަލް އަދި ސްޓްރެއިޓް އޮފް ހޯމޫޒަށް ދަތުރުކުރާ އުޅަނދުފަހަރަށް ފާރަވެރިވެ، އެ ކަންކަން ބެލެހެއްޓުމެވެ.
އެހެންކަމުން، ރަސްމާލެއަކީ ހަމައެކަނި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓެއް ނޫނެވެ. އެއީ ޖިއޯޕޮލިޓިކަލް ބާރުވެރިކަން ހޯދުމަށާއި އިންޑިއާ ކަނޑުގެ މަގުތައް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެއިން ބިން ގަތުމަށް ހިންގާ ޝަހުޔޫނީ ސިޔާސީ ރޭވުމެކެވެ.




