ކިތަންމެ ރަނގަޅަކަސް ބޭނުންވީ ބަދަލު
މުޅިރައްޔިތަށް އެއްވަރަށް މަންފާކުރި ވެރިކަމަކި ސޯލިހުގެ ވެރިކަން
ރާއްޖޭގެ ކުޑަރަށެއް ބޮޑު ރަށެއް ނުބައްލަވާ ރައީސް ސޯލިހު ބޮޑެތި މަސައްކަތް ތަކެއް ވަނީ ކުރައްވާފައެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް ދެއްވުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މަސައްކަތް ކުރެއްވިއެވެ.
އެތައް ރަށެއްގައި ލަފާފުރުނާ ފަސޭހަކޮށް ދެއްވީއެވެ. ބަނދަރުތައް ޒަމާނީ ފެންވަރަށް ހަދާ ބޮޑުކޮށް ދެއްވިއެވެ. މުޅިން އަލަށް އެތައް ރަށެއްގެ ބަނދަރު ހެއްދެވިއެވެ.
މުޅި ރާއްޖެ ދަތުރުފަތުރުގެ އަވަސް ނިޒާމަކުން ދަނީ ގުޅާލާ ލާމެއްސަވަމުންނެވެ. ބޮޑެތި ހުރިހާ ރަށްރަށާއި ސިޓީތަކުގައި ބަސްދަތުރުތަކެވެ. ކަނޑުމަގުން ހައިސްޕީޑް ފެރީ ނިޒާމެވެ. ކޮންމެ ތިރީސް މިނިޓަކުން ފޯރާ ހިސާބުގައި އެއަރޕޯޓެކެވެ.
ސާފު ފެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތަފާތެއް ނުކޮށް ފެނުގެ ވިއުގަ އެއް އަޅުއްވާ ރައްކާތެރި ބޯފެނާއި ސާފުތާހިރު ފެން ލިބޭނެ ގޮތް ދަނީ ހައްދަވާ ދެއްވަމުންނެވެ.
ރަށްރަށުގައި ސެޕްޓިކް ބޭންކުތައް ފުރިގެން އެތަކެތި ސާފުކުރުމަށް ފަރުދުންނަށް ހޭދަކުރަން ޖެހުނު ގިނަ ފައިސާ ހަރަދު ކުރުން ނިމުމަކަށް ގެނެވިއެވެ. ރަށްރަށުގެ ފެން ނަޖިހުން ތަގައްޔަރުވުން ނިމުމަކަށް ގެނެސް ދެއްވާ ނަރުދަމާ ނިޒާމް އަޅުއްވާ ދެއްވާ ނިމުނީއެވެ.
އިރުއިރުކޮޅާ ރަށްރަށުގައި ކަރަންޓް ކެނޑުން ނިމުމަކަށް ގެނެސްދެއްވި އެވެ. ކޮންމެ ރަށަކަށްމެ އެރަށަކަށް ބޭނުވާ ވަރަށް ކަރަންޓް ލިއްބައިދިފިއެވެ. ރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި ގެދަބުޅި އިންޖީނުގެތައް އަވަށުން ބޭރުކޮށް އެތަންތަނުން މީހުނަށް ވީ ހުރިހާ އުދަނގުލަކުން ސަލާމަތް ކޮށްދެއްވައިފިއެވެ.
މުޖުތަމައުގެ އިލްމީ ގާބިލްކަން އިތުރުކުރުމަށް ހިލޭ ޑިގްރީ ޕްރޮގްރާމް ފައްޓަވާ ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވޭނެ ފުރުސަތުވަނީ ހޯއްދަވާ ދެއްވާފައިވެ.
ވެރިކަމެއްގެ ފަރާތުން މުޅިރައްޔިތަށް އެއްވަރަށް މަންފާކުރި އެއްވެސް ވެރިކަމެއް ރައިސް ސޯލިހުގެ ވެރިކަންނޫނީ ދިވެހިން ނުދެކެއެވެ. ބަދަލަކީ ގޯސް ބަދަލަކަށް ވިޔަސް ބަދަލުކުރުމުގެ ވިސްނުމަކީ މޮޔަވިސްނުމެކެވެ.