އިންޑިއާ އަށް މޮޅީ ވެރިކަން ބަދަލުވުން
ދިވެހިންނަށް އެންމެ ގެއްލުން ބޮޑީ ކޮންމެ 5 އަހަރަކުން ސަރުކާރު ބަދަލުވުން
އަމިއްލަ ފައިމައްޗަށް ތެދުވެވޭ ފުދުންތެރި އިގްތިޞޯދެއް ބިނާ ކުރަން ރާއްޖޭގެ އެއްވެރިޔަކަށް 2 ދައުރު ލިބުމާ މެދު އިންޑިއާ ދެކެނީ ކޮންގޮތަކަށް ބާވައެވެ.؟
އެމީހުންނަށް އެންމެ ރަނގަޅުވާނެ އެއް ގޮތަކީ 5 އަހަރުން ވެރިއެއްގެ ފުށުން ނެގެން އޮތް އެޑްވާންޓޭޖެއް ނެގުމަށް ފަހު، އާބެޓެރި ބުރިއެއް ލައްވާހެން އަނެއް 5 އަހަރަށް އެހެން ވެރިޔަކު ހޮވުނީމަ އޭނަގެ ފުށުން ނެގެން އޮތް ފައިދާ އެއް ނަގާފައި އަނެއްކާ ވެސް އާމީހެއް ގެ ފުށުން އެމީހުންގެ މަގްޞަދު ތަށް ޙާޞިލު ކުރުމުގައި ދެމިތިބެވޭނެ ގޮތަށް ރާއްޖެ ހިނގަމުން ދިއުމެވެ.
އައްޑޫގަ މަގު ހަދަން ފަށަމުން ކާށި ޖަހާ ހިންދޫ އަޅުކަމެއްގެ މަންޒަރު ދައްކާލިއެވެ. ، އެވީޑިއޯ ޢާންމުވެ އޭގެ ބަދުބަހާ ޑެމޭޖް ސަރުކާރަށް ލިބުނެވެ. އަޅަންފެށި ބްރިޖްގެ ތަނބެއް ޖަހާ އިދިކޮޅުން ސަރުކާރަށް ފުރައްސާރަ ކުރާ މޮނިއުމެންޓަކަށް އޭތި ހަދައިދިނެވެ. ދޮލަނގުގައި ކޮންކްރީޓް އެޅުމާ ވީލްބަރޯގެ ފިނިހަކަ ދުވެއްޔަށް ޕްރޮޖެކްޓަށް ލަސްކޮށް އެމަލާމާތް ސަރުކާރަށް އަމާޒު ކުރުވިއެވެ. އެއީ ސަރަހައްދީ އެންމެ ބޮޑުގައުމު އަދި ދުނިޔޭގެ ނިއުކްލިއަރ ބާރެއްގެ އުރައްޕު ހުރި މިންވަރު ކަމަކަށް ގަބޫލެއް ނުކުރެވެއެވެ މަޝްރޫޢުތަށް ލަސް ވަމުން ދިއުމުގެ ފަހަތުގައި ހަމަ އެހެން ސަބަބެއް ނެތީހެއްޔެވެ؟ ، ވޯޓަށް 2 ހަފްތާ އަށްވީމަ ކުއްލި އަކަށް މާލޭ ގެއަކުން ހިންދޫ ފާދިރީ އެއް ފެނުމަކީ ހަމަ އިއްތިފާގަކީ ބާވައެވެ؟
ރައީސް އިބޫ އަށް އިތުރު ދައުރެއް ލިބިއްޖެ ނަމަ ރާއްޖޭގެ އުތުރުގައި ޓްރާންޝިޕްމެންޓް ބަނދަރު ހެދުމަކީ ވެދާނެ ކަމެއް ކަމުގައިވެ، އައްޑޫ އިންޓަރގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓް ޗައިނާ އިން ފައިނޭންސް ކުރުމަކީ އެމީހުން އެދޭނެ ގޮތްކަމުގައި ގަބޫލުކުރަން ފަސޭހައެއް ނޫނެވެ.
ވަކި މީހެއް ނޫނެވެ. ކޮންމެ މީހަކު ވެރިކަމަށް އެރިޔަސް 5 އަހަރުން އެވެރިކަން ބަދަލުވެ ކަންކަން ދާމަގުން ކުރިއަށް ނުގޮސް އަބަދުވެސް އާފެށުމަކުން ފަށަންވީމާ ރާއްޖެ އޮންނާނީ އޮތްތަނުގައެވެ.
އިންޑިއާގެ އެހީގައި ފަށާފައިހުރި ޕްރޮޖެކްޓްތަށް ގިނައެވެ. އަލަށް އާވެރިޔަކު ހޮވުނަސް އައްޑޫ އަދި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓާ ދެންވެސް ދެބައިކަނޑަށް ދުވެފައިހުރި ޕްރޮޖެކްޓްތަށް ކުރިއަށް ގެންދަން ބޭނުމިއްޔާ ޖެހޭނީ އިންޑިއާ އާ ވާހަކަ ދައްކާށެވެ.
އިންޑިއާ އަށް އެންމެ ރަނގަޅު ، ދިވެހިންނަށް އެންމެ ގެއްލުން ބޮޑު ގޮތަކީ ކޮންމެ 5 އަހަރަކުން ސަރުކާރު ބަދަލުވުމެވެ. ރައީސް މައުމޫނަށް ފަހު ކޮންމެ 5 އަހަރަކުން ރާއްޖޭގެ ސަރުކާރު ދަނީ ބަދަލުވަމުންނެވެ. ފެށިކަމެއް ނުނިމި ގައުމު އޮންނަންވީ އޮތްތަނުގައެވެ.
ހޮވޭނެއް ނުހޮވޭނެއް ކިޔާކަށް ނޭނގެއެވެ. މުއިއްޒު ހޮވުނަސް އިންޑިއާ އަކާ ދުރެއްވެސް ނުވެވޭނެއެވެ. އިންޑިއާ ކުންފުނިތައް ބޭރެއް ވެސް ނުކުރެވޭނެއެވެ. މާގަދަވެފައި އެންމެ ޖީއެމްއާރެއް ރާއްޖޭން ބޭރުކުރީމާ ބައިނަލް އަގްވާމީ ޓްރައިބިއުނަލް އަށް އެމީހުން ގޮސްގެން ދޭން ޖެހުނު މާލީ ބޮޑު ބަދަލުގެ ހިތިކަން މުއިއްޒަށް ވެސް ހުންނާނީ ފެނިފައެވެ.