ތައިލެންޑުން ޔަހޫދީ ޗީފް ރައްބީގެ ރައްޔިތުކަން އަތުލައިފި

ރާއްޖޭގައި ގާނޫނު ތަންފީޒެއް ނުކުރެވޭނެ

ތައިލެންޑުން ޔަހޫދީ ޗީފް ރައްބީގެ ރައްޔިތުކަން އަތުލައިފި

ތައިލެންޑްގައި ރަށްވެހިކަން ހޯދައިގެން އުޅޭ ބޭރު މީހުން، ގާނޫނާ ހިލާފު ވަމުންދާތީ އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އަޅަން އެ ގައުމުގައި ފަށައިފިއެވެ.  ގާނޫނު ތަންފީޒުކުރެވޭ ގައުމުތަކުގައި ފިޔަވަޅު އެޅުނަސް ރާއްޖޭގައި އެއްޔަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ބޭރު ގައުމުތަކުގެ ރައްޔިތުން ވަޒަންވެރިކުރުމުގެ ގާނޫނާ ހިލާފުވުމާއި އަދި ގަވާއިދުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ މައްސަލައިގައި، ތައިލެންޑް ސަރުކާރުން ފަށާފައިވާ ފިޔަވަޅުތަކުގެ ދަށުން، ޔަހޫދީ ޗީފް ރައްބީ  ގެ ރައްޔިތުކަން މިހާރުވަނީ ބާތިލްކޮށްފައެވެ. 

ތައިލެންޑުގެ ބޮޑުވަޒީރު އަދި ދާހިލީ ވަޒީރު އަނޫތިން ޗާންވީރަކުލް ސޮއިކުރައްވައި ނެރުއްވި އަމުރުގައި ބުނެފައިވަނީ، ރައްބީ ޔޫސުފް ހައިމް ކާންޓަރ 2013 ވަނަ އަހަރު ތައިލެންޑުގެ ރައްޔިތަކަށް ވުމަށްފަހުވެސް، ބައިނަލްއަގުވާމީ ދަތުރުފަތުރުތަކުގައި އޭނާގެ އެމެރިކާގެ ރައްޔިތުކަން ބޭނުންކުރަމުން ގޮސްފައިވާ ކަމަށެވެ.

މީގެ ތެރޭގައި އޭނާ އޮސްޓްރޭލިއާއަށް ކުރި 16 ދަތުރެއް ހިމެނެއެވެ. ތައިލެންޑުގެ ގާނޫނު ބުނާގޮތުން، ގައުމުގެ ރައްޔިތަކަށް ހަދާފައިވާ މީހަކު ކުރީގެ ރައްޔިތުކަން ބޭނުންކުރާކަމުގެ ހެކި ލިބިއްޖެނަމަ، އެމީހެއްގެ ތައި ރައްޔިތުކަން ބާތިލްކުރުމުގެ ބާރު ދާހިލީ ވަޒީރަށް ލިބިގެންވެއެވެ. 

ތައިލެންޑް ފަދަ ގައުމުތަކުގައި ފިޔަވަޅު އެޅުނަސް އެއްޔަކީ ރާއްޖޭގައި ކުރެވޭނެ ކަމެއްނޫނެވެ. ރާއްޖެއަކީ ގަވައިދާ ހިލާފަށް އުޅޭ އާދައިގެ ބަންގާޅިންނަށް ފިޔަވަޅު އެޅޭ ގައުމެއް ނޫނެވެ. އާބާދީއާއި ނުބައްދަލު އަދަދަކަށް އާދައިގެ ބަންގާޅީން ތޮއްޖެހިފައި އޮތް އިރު އެ މީހުންގެ މައްޗަށް ރާއްޖޭގައި ގާނޫނެއް ނުހިނގައެވެ. 

އެހެން ކަމަށްވާއިރު ގޯލްޑަން ޕާސްޕޯޓްގެވެރި މަހުޖަނުންނާއި އެމީހުންގެ އައުވާނުންގެ މައްޗަށް ގާނޫނު ހިންގޭވަރުގެ ސަރުކާރެއް ރާއްޖެއަކަށް ނާންނާނެއެވެ. ރަސްމާލެއާއި އެސްއީޒެޑް ޓައުންޝިޕުގެ ދަށުން ރާއްޖޭގައި ވަޒަންވެރިވާ ބައެއްގެ މައްޗަށް ރާއްޖެގެ ގާނޫނު ހިނގުމަކީ މުސްތަހީލު ކަމެކެވެ.