ހަދާ ގާނޫނަކުން ދެކޮޅުހެދުމެއް ނުހުއްޓުވޭނެ: މީމު ސައްޕެ
ކުޑަ މިންވަރެއްވެސް ދުކުރުމަކަށް ނުރުހެވޭނެ
ފައިސާގެ ބޭނުމުގައި ވިއަސް ، އަހަރެމެންގެ ބިމާއި އަމިއްލަވަންތަކަމުން ކުޑަމިންވަރެއްވެސް ބޭރުބައެއްގެ ބާރުގެ ދަށަށް ދޫކޮށްލުމަކީ ރުހެވޭނެ ކަމެއްނޫން ކަމަށް އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.
އަމަލުކުރެވެމުންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލިސްގައާއި އިސްލާހީ ހަރަކާތުގައި އިސްދައުރެއް އަދާކުރެއްވި ސައްޕެ އެހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އީގަލް ހިލްސްއަށް ރަސްމާލޭގެ 500 ހެކްޓަރ ދިނުމާ ދެކޮޅު ހެއްދެވިމުގެ ގޮތުން ސައްޕޭ ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވި ބޮޑުންނާއި ވެރިންވިދާޅުވިއަސް ، އަދި ކިތަންމެ އަދަބުބޮޑުކޮށް ގާނޫނުހެދިޔަސް، މީހުންމެރުމާއި ގަތުލުއާއްމުހިންގުމާއި ނަސްލުނައްތާލުމާ އަހަރެމެން ދެކޮޅު ހައްދަވާނެ ކަމަށެވެ. ގާނޫނަކުން ދެކޮޅުހެދުމެއް ނުހުއްޓުވޭނެ ކަމަށް ސައްޕެ ވިދާޅުވިއެވެ.
އެމްޑިޕީ އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރެއްވި މީމު ސައްޕެ، އެމްޑީޕީގައި ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި ގައުމީ މަޖިލިހުގެ މެންބަރ ކަމަށްވެސް ދަނީ ވާދަކުރައްވަމުންނެވެ.




