އެސްޓީއޯ ސްޓާފް އެވޯޑް 2022 : ވިދާތަރި 2

އެސްޓީއޯ ސްޓާފް އެވޯޑް 2022 : ވިދާތަރި 2

މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ ލީޑަރޝިޕްގައި އެސްޓީއޯއަކީ ކާމިޔާބު ކުއްފުންޏެއްކަން ދަނީ ސާބިތުކޮށް ދެމުންނެވެ. ހޯދަމުންދާ ކާމިޔާބީތަކާއި އެކު ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގައި ދެވަނައެއް ނެތްފަދައެވެ. "އެސްޓީއޯ ސްޓާފް އެވޯޑް" ތައާރަފްކޮށް  ހީވާގި ގާބިލު މުއައްޒަފުންގެ އަގު ވަޒަން ކުރަން އެސްޓީއޯ ފަށައިފިއެވެ. ޝަރަފްވެރި އެވޯޑް ތަކެއް ސްޓާފުންނަށް ފުރަތަމަ ފަހަރަށް އެސްޓީއޯއިން ދިނީ މި އަހަރެވެ. އެސްޓީއޯގެ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމަކީ ކުރިއަކުން އެހާ ބޮޑު އިސްކަމެއް ދިން ކަމެއް ނޫނެވެ.

"އެސްޓީއޯ ސްޓާފް އެވޯޑް 2022" ހާސިލްކުރި ބައެއް މުއައްޒަފުން ތާރީހަށްޓަކާ މި ފަހަރު ވެސް ފާހަގަ ކޮށްލާނަމެވެ.

 އައުޓު ސްޓޭންޑިންގ އިނޮވޭޓަރ އެވޯޑް 2022

އެންމެ ބޮޑު ތަފާތެއް ދެއްކި އިނޮވޭޓަރަކަށް 2022 ވަނަ އަހަރު ހޮވިފައި ވަނީ ސެކިއުރިޓީ އޮފިސަރ މުއައްމިނު ރަޝީދުއެވެ. މުއައްމިނުގެ އާދަޔާ ހިލާފު ކުޅަދަނަކަމާއި މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރި ކަމާއެކު ސާބަސް ރައްދު ކުރެއެވެ. 

އައުޓު ސްޓޭންޑިންގ އިނޮވޭޓަރ އެވޯޑް 2022

އެންމެ ބޮޑު ތަފާތެއް ދެއްކި އިނޮވޭޓަރ 2022 ގެ އެވޯޑް އެސްޓީއޯގެ އައިސީޓީ ޑިވް-ޓީމްއަށް ލިބުނީ ޓީމެއްގެ ގޮތުގައި ދެއްކި ގާބިލުކަމާއި ހުނަރު ވަޒަން ކުރެވިގެންނެވެ. އައިސީޓީ ޑިވް_ޓީމްގެ އާދަޔާ ހިލާފު ކުޅަދާނަކަމާއި މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރި ވަނީ ސާބަހާ އައްސަރިބަސް ރައްދު ކުރަމުންނެވެ. 

ގޮޓް ދެޓް އެކްސްޓްރާ މައިލް އެވޯޑް 2022

ގޮޓް ދެޓް އެކްސްޓްރާ މައިލް އެވޯޑް ޕީޕަލްސް ޗޮއިސް އެންޑް ފުޑް ސެކިއުރިޓީގެ ސާވިސް ސަޕޯޓް ޓެކްނީޝަން މުޙައްމަދު ޖަލީލަށް ހައްގެވެ. އޭނާގެ ހިދުމަތަކީ ނިހާއީ ނަމޫނާ ހިދުމަތެކެވެ. މުހައްމަދު ޖަލީލަކީ އުންމީދާއެކު ނަތީޖާ ހާސިލުކުރުމަށް ކެނޑިނޭޅި ދިން އެއްބާރުލުމާއި ބަދަހި ގުޅުން ދެމެހެއްޓުމުގައި ސާބަހާއި ތައުރީފް ހައްގު މުއައްޒަފެކެވެ.

ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް 2022

ސޯޝަލް މީޑިއާގައި އެސްޓީއޯ ޕްރަމޯޓްކޮށް މާކެޓްކޮށް ތަސައްވަރު ކިލަނބު ވިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރުމުގައި އެސްޓީއޯ މާކެޓިންގ ކޮމިއުނިކޭޝަން ޕީއާރ މެނޭޖަރ ފާތިމަތު ފަޒަތު ކުރައްވާފައިވާ އިހުލާސްތެރި ކާމިޔާބު މަސައްކަތުގެ އަގު ވަޒަންކޮށް ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް 2022 ވަނީ ދީފައެވެ. މުޅި އެސްޓީއޯ އެކަމަށްޓަކައި ފަހުރުވެރިވެ ހައްގު ޝުރު އަދާ ކުރެއެވެ.