އިންޑިއާ ސިފައިން ނެތްކަމަށް މުއިއްޒު ގަބޫލުކުރައްވައިފި

ސިފައިންގެ ބަހަށް އިތުބާރު ނުކުރެއްވި ބޭފުޅަކު މަތީވެރިޔާއަށް

އިންޑިއާ ސިފައިން ނެތްކަމަށް މުއިއްޒު ގަބޫލުކުރައްވައިފި

ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށާ، ރާއްޖޭގެ ސަލާމަތާ ސިޔާދަތީ މިނިވަންކަން ދިފާޢު ކުރުމުގެ ފުރިހަމަ ބާރު ދިވެހި އަސްކަރިއްޔާ އަށް އޮތް ކަމަށް ޢަބްދުއްރަޙީމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިޔަސް، ރައީސް މުޢިއްޒު އޭރު އެވާހަކަ ގަބޫލެއް ނުކުރައްވައެވެ.  

ޖެނެރަލް ޢަބްދުއްރަޙީމް އެހެން ވިދާޅުވާއިރަށް ފޮނަދޫ ޢަބްދުއްރަޙީމް އެވާހަކަ ދޮގުކުރައްވައެވެ. ދިވެހިސިފައިންގެ ބަހަށް އިތުބާރު ނުކުރެއްވި ބޭފުޅަކު ސިފައިންގެ އެންމެ މަތީ ވެރިޔާއަށް ވެއްޖެއެވެ. ރައީސް މުއިއްޒު ހުވާ ކުރައްވާ މާގިނައިރެއް ނުވެ ސިފައިންގެ ވެރިކަން އެދެއްވީ އެވިދާޅުވާ އިންޑިއާ ސިފައިން ރާއްޖޭގައި ނެތްކަމަށް އޭރުވެސް މިހާރުވެސް ވިދާޅުވާ ޖެނެރަލް ޢަބްދުއްރަޙީމަށެވެ. 

ޢަބްދުއްރަހީމް އަރިހު މާދަމާ އެސުވާލު ކުރެއްވިޔަސް ދެއްވާނީ ކުރިންވެސް ދެއްވި ޖަވާބެވެ. ސަބަބަކީ މަގާމު ދެއްވިޔަސް ނުދެއްވިޔަސް ހަގީގަތް ބަދަލެއް ނުވެއެވެ. ވީމާ ދިވެހިސިފައިންނާ ޖެނެރަލް ޢަބްދުއްރަޙީމް ބަދަލެއް ނުވެއެވެ. ބަދަލުމިވީ ފޮނަދޫ ޢަބްދުއްރަޙީމާ ، ރައީސް ޑރ މުއިއްޒެވެ.

އޭރުވެސް މިހާރުވެސް އަދި މީގެ ފަހުން ވެސް ރާއްޖެއަކީ އަމިއްލަވަންތަ މިނިވަން މުސްތަގިއްލު އިސްލާމީ ދައުލަތެކެވެ.

ދިވެހި ދިދައާ މުޚާތަބް ކޮށް ޑްރާމާ ބަސްތަކެއް އިއްވީމާ އެ އަވާގަައި ހުރިހާ އެންމެނަކު ނުޖެހޭނެ އެވެ. 

ޖަމާދާތުގެ ތަކެއްޗަށް މުޚާތަބްކޮށް ދެންނެވުމާ ، މަހާނަމަތީ މާފަތި އަޅައިގެން ރުއިމަކީ ބާވަތެއްގެ ޝިރުކެއް ކަމަށް ދެކޭ ޢިލްމުވެރިން އުޅެއެވެ. 

ގައުމީ ވިޔަސް، އަމިއްލަ ޕާޓީއާ ކްލަބް ޖަމިއްޔާކަމަށް ވިޔަސް، ޖައްވުގައި ވިހުރޭ ފޮތީގެ ދިދައަކަށް މުޚާތަބް ކޮށް ދެންނެވުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްކަން ބުނެދޭނީ ދީނީ ޢިލްމުވެރިންނެވެ.