ހުށައަޅާފައިވާ ނޫސްވެރިކަމުގެ ބިލަކީ ނޫސްވެރިކަމަށްދޭ ހަމަލާއެއް

ހުށައަޅާފައިވާ ނޫސްވެރިކަމުގެ ބިލަކީ ނޫސްވެރިކަމަށްދޭ ހަމަލާއެއް

ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް މީޑިއާތައް ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ޙަމަލާއެއް. ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލު ކުރުމުގެ ނުބައި ނިޔަތުގައި ގާނުނެއް ފާސްކުރުމަށް މަސައްކަތް ފެށުމުންނެވެ.

މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް ގާނޫނީ ބިލަކީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް.ކަމަށް ވިދާޅުވެ މިއަދު އެމަނިކުފާނު ވަނީ އެކްގައި ފޯސްޓެއް ކުރައްވަފައެވެ. 

ރައީސް ސޯލިހު ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވީ އެ ބިލަކީ ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފަލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ  ބިލެއްކަމަށެވެ. އެ ބިލު އަނބުރާ ގެންދިޔުމަށް ރައީސް ސޯލިހު ގޮވާލެއްވިއެވެ.