ރަސްމާލޭ ގޭޓެޑްކޮމިޔުނިޓީ ގެ ހަގީގަތް
ރަސްމާލެ ގޭޓެޑްކޮމިއުނިޓީ އަކީ ދިވެހިރާއްޖެ އަޅުވެތިކުރަން ރޭވިފައިވާ ޕްލޭނެއް
ރަސްމާލެ އާ ގުޅުންހުރި ލީކުވި އޯޑިއޯ ތަކުގައި ބުނާ ރަސްމާލޭ ގޭޓެޑްކޮމިޔުނިޓީ އަކީ ކޮބައިކަން އެނގުމަކީ މުހިންމު ކަމެކެވެ. ފަލަސްތީނާއި ގައްޒާގެ ހާލަތުގެ މައްޗަށް އަލްޖަޒީރާއިން ގެނެސްދިން ދިރާސާ ރިޕޯޓެއްގައި ގޭޓެޑް ކޮމިއުނިޓީގެ ހަގީގަތް ވަނީ ހާމަކޮށްދީފައެވެ.
ހަނގުރާމައަށް ފަހު ފަލަސްތީނާއި ގައްޒާ އަލުން ބިނާކުރުމަށް ގޭޓެޑްކޮމިޔުނީ އެކްސްޕެރިމެންޓަލް މޮޑެލެއް ތައާރަފް ކުރުމަށް ވަނީރޭވިފައިކަމަށް އެރިޕޯޓް ބުނެއެވެ. ފަލަސްތީނާއި ގައްޒާގައި ގާއިމުކުރާ ގޭޓެޑް ކޮމިއުނިޓީ ޕްލޭނަކީ ޔޫއޭއީ އަދި ޓުރަމްޕުގެ ދަނބިދަރި އެކުލަވާލައިގެން ހިންގަން ރާވާފައިވާ ޕްލޭނެކެވެ.
"ގޭޓެޑް ކޮމިއުނިޓީ" ނުވަތަ ބޮޑުފާރާއި ގޭޓުލައި ބަންދުކޮށްފައިވާ އަވަށްތައް އެކްސްޕެރިމެންޓު ކުރުމުގެ ޕްލޭނާއަކީ ވަރަށް ބޮޑަށް ފަލަސްތީނު ރައްޔިތުން ބަންދުކުރެވި މޮނިޓަރކޮށްގެން ގެންގުޅޭ ގޮތަށް ރާވާފައިވާ ޕްލޭނެއްކަން އަލްޖަޒީރާ ރިޕޯޓުން ހާމަވެއެވެ..
ގައްޒާ އަލުން ބިނާކުރުމަށް އެމެރިކާއާއި އިސްރާއީލުގެ އޮފިޝަލުން ހުށަހެޅި ފެންނަންއޮތް ހަގީގީ ޕްލޭނާއި ލީކުވެފައިވާ އޯޑިއޯތަކުގައި ބުނާ ރަސްމާލޭ ގައި ގާއިމު ކުރާ ގޭޓެޑް ކޮމިޔުނިޓީ މާބޮޑު ތަފާތެއް ނެތެވެ. ޔޫއޭއީން ފަންޑްކޮށްގެން ފަލަސްތީނު އަލުން ބިނާ ކުރާ އަޅުވެތި ކުރުމުގެ ގޭޓެޑްކޮމިއުނިޓީ ޕްލޭނާއި ޔޫއޭއީން ފަންޑްކޮށްގެން ގާއިމުކުރާ ރަސްމާލޭ ގޭޓެޑްކޮމިއުނިޓީ ޕްލޭނަކީ އެއް މޮޑެލެއް ކަން އަލްޖަޒީރާގެ ތަހުގީގު ރިޕޯޓުން ހާމަވެއެވެ.ކޮމިއުނިޓީގެ ގޭޓުތައް ބޭނުންކުރަނީ މުޅި އާބާދީ ބަލައި ފާސްކުރުމަށާއި ކޮންޓްރޯލް ކުރުމަށެވެ.
ސްކްރީންކުރުމާއި ބަޔޯމެޓްރިކްސް: ގޭޓެޓް އެޕަތައިޑް އަވަށްތަކުގައި ދިރިއުޅުމަށްޓަކައި، ހޮވާލެވޭ ފަލަސްތީނުގެ ރައްޔިތުން ސަލާމަތީގޮތުން ހަރުކަށި ސްކްރީންތަކުން ފާސްވާންޖެހޭނެއެވެ. އަދި އެމީހުންގެ ބަޔޯމެޓްރިކްސް ޑޭޓާ (އިނގިލީގެ ނިޝާން އާއި މޫނު ދެނެގަންނަ މައުލޫމާތު) ދޭންޖެހޭނެއެވެ. އެތަނަށް ވަދެ ނުކުމެ ހަދަންޖެހޭނީ އަސްކަރިއްޔާއިން ކޮންޓްރޯލްކުރާ ޗެކްޕޮއިންޓްތަކުންނެވެ.
އެހީ ކޮންޓްރޯލްކުރުން: ދިރިހުރުމަށް ބޭނުންވާ ޒަރޫރީ ތަކެތި (މިސާލަކަށް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ސިއްހީ ފަރުވާ އަށް ބޭނުން ތަކެއްޗާއި ބޭސް، ފަދަތަކެތި) ގޭޓުތަކުން ނުހަނު ހަރުކަށިކޮށް ކޮންޓުރޯލް ކުރެވެއެވެ. އަދި އެތެރޭގެ ހުރިހާ އިގްތިސާދީ މުއާމަލާތްތަކެއް ބަލައި ކޮންޓްރޯލް ކުރުމަށްޓަކައި ހަމައެކަނި ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތައް މަޖުބޫރުކުރެވެއެވެ.
ތަސައްވުރާއި ހަގީގަތް: އާކިޓެކްޗަރަލް ކުރެހުންތަކުން ދުބާއީ ނުވަތަ އެމެރިކާގެ ލަސް ވެގަސް ފަދަ މަތީ ފެންވަރުގެ، ބިއްލޫރި ޓަވަރުތަކާއެކު އަތިރިމަތީގެ ފަރުމާތަކެއް ދައްކުވައިދިން ނަމަވެސް، ސިޓީ ޕްލޭނަރުންނާއި ފާޑުކިޔާ މީހުން މި މޮޑެލް ސިފަކުރަނީ "އިސްރާއީލުގެ ޕެނޮޕްޓިކަން" (ހުރިހާ ދިމާލަކުން ފާރަލާ ޖަލެއް) ގެ ގޮތުގައެވެ.
ގޭޓެޑްކޮމިއުނިޓީއެއްގެ ބޭރުފުށުގެ އޮނިގަނޑު ބޭނުންކޮށްގެން، ރައްޔިތުން އަބަދުމެ ބެލުމުގެ ދަށުގައި ދިރިއުޅުމަށް ހާނުވައިދޭ، ސަލާމަތީގޮތުން ބަންދުކޮށްފައިވާ ފަލަސްތީނު ގެ މިނިވަންކަން ނިގުޅައިގަތުމަށް ގެންގުޅޭ ޕްލޭނާއި އެއްގޮތަށް ރަސްމާލެ ގޭޓެޑްކޮމިއުނިޓީ އަކީ ދިވެހިރާއްޖެ އަޅުވެތިކުރަން ރޭވިފައިވާ ޕްލޭނެއްކަން ލީކުވީ ސަރުކާރު އޯޑިއޯއިން ޔަގީންކުރެވެއެވެ .




