ރަސްމާލެ މަޝްރޫއު | ޔަހޫދީމާލެއަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ހިލާފު މަޝްރޫއެއް
ދިވެހި ދުސްތޫރުގައިވާ މުސްލިމު ދައުލަތުގެ ސިއްކަ ދިވެހިރާއްޖެއިން އުނިވެގެން ދާނެ
ދިވެހިރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލުންނާއި ކުރީގެ ފަނޑިޔާރުންނާއި ކުރީގެ އުއްތަމަފަނޑިޔާރު ހާމަކުރާ ގޮތުންނަމަ ރަސްމާލޭގެ މަޝްރޫއު މިހާރު ހިންގަން ރާވާފައިވާ ގޮތަށް ހިންގާނަމަ އެ މަޝްރޫއުގައި ގާނޫނީ އެއްވެސް އުންސުރެއް ފުރިހަމަނުވާނެއެވެ. ގާނޫނު އަސާސީއިން ރަސްމާލެ މިހާރު އިއުލާނުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދިޔުމަށް އެއްވެސް ފުރުސަތެއް ނެތްކަމަށް އެފަރާތްތައް ބުނެއެވެ.
ރަސްމާލެ މަޝްރޫއު ބާޒާރަށް ނެރި ވިއްކަން މަސައްކަތް ކުރާފަރާތްތަކުން ކުރަނީ ގާނޫނީ ބޮޑު ކުށެއް ކަމަށް އެފަރާތްތަކުން ބުނެއެވެ. އަދި އެކަމުގެ އަދަބުތަކަކީ ބޮޑެތި އަދަބުތަކެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ. މި މަޝްރޫއުގައި އުނގުޅިފައިވާ ކޮންމެ މީހެއްގެ ކުށް ވަކިވަކިން ގުނި ނަމަވެސް ކޮންމެ މީހަކަށް މަދުވެގެން 20 އަހަރުގެ ބޮޑެތި ޖަލުހުކުމް ހަލާލުވާނެ ކަމަށް ބުނެއެވެ.
ރަސްމާލެއަކީ ސަރުކާރުން ވަރަށް ގިނަ ގޮތްގޮތަށް މޮޑެމުންދާ ފުއްގަނޑެކެވެ. އެންމެ ފުރަތަމަ ދިވެހީންނަށް ހާއްސަކޮށް ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމެވެ. އެކަމަކު މިހާރު ޔަހޫދީންނަށް ދިނުމުން އެ އަސްލުގެއްލުނީއެވެ. ދެން ބުނަނީ 5000 ހައުސިންގ އެއްގެ ވާހަކައެވެ. އެއީ މިވެރިން ކިޔާ ފޭސް ތިނަކުންނެވެ. ރަސްމާލެ ދިވެހީންނަށް ނަސީބު ނުވި އިރު ފޭސް 3 ދިވެހީންނަށް ނަސީބުވާނެ ގޮތެއް އަދި ނުފެނެއެވެ. އެތަންވެސް ޔަހޫދީންނަށެވެ.
އަލްޖައްބާރާއި ހެންލީ އެންޑް ޕާރޓްނަސް ރާއްޖޭގެ 5 ސަރަހައްދެއް ރިޒާވް ކުރަން ބޭނުންވެއެވެ. އޭގެ ތެރެއިން އެއް ތަނަށް މި މީހުން ކިޔާ ފޭސް 3 ވާއިރު ދިވެހީންނަށް އެތަންވެސް ނަސީބު ނުވާނެކަމަށް ސަރުކާރުތަރޭގައި ހިމެނޭ މީހުން ބުނެއެވެ. އިގްތިސާދީ ކުރިއެރުމެއް ކަމަށް ބުނާ ފަރާތްތަކަށް ރަސްމާލެއަށް މިހާތަނަށް ހަރަދު ކުރި މިންވަރު އިނގޭތޯ ނުވަތަ އެގެން ބޭނުންވޭތޯ ސުވާލު އުފެދެއެވެ. ބައެއް މަސަދަރުތަކުން ބުނާ ގޮތުން ރަސްމާލެ ހިއްކަން އެކިގޮތްގޮތުން ގާތްގަނޑަކަށް މުޅި ޖުމްލަ އެއް ބިލިއަން ޑޮލަރު މިހާރުވެސް ހިނގާފައިވާނެކަމަށް ބެލެވޭކަމަށް ގިނަ ހިސާބުތަކަކުން ދައްކައެވެ. އެ އަދަދުގެ ފައިސާ އަނބުރާ ލިބުމަކީ މި ސަރުކާރުގެ އަމާޒެއް ނޫނެވެ. އެހެން ކަމުން އަމިއްލަ ޖީބަށް ވަންނަ ބްރަދާރ އަބުދުއްލޯ ގެ ޝެއަރ ގެ އިތުރުން ލިބޭނެ އެއްޗެއް ނެތެވެ.
ދެން އޮތީ ދިވެހިވަންތަކަމެވެ. ޔަހޫދީ އެޖެންޓުންގެ މިފަދަ މަކަރުވެރި ޕްރޮޖެކްޓަކުން ގެއްލި ދާނީ ދިވެހި ވަންތަކަމެވެ. ދިވެހި ދުސްތޫރުގައިވާ މުސްލިމު ދައުލަތުގެ ސިއްކަ ދިވެހިރާއްޖެއިން އުނިވެގެން ދާނެއެވެ. މުއިއްޒަށް ލިބޭނީ ބައިނަލް އަގުވާމީ ޝަރަފުގެ ފައްޓަރުބަޔެކެވެ. ދިވެހީންނަށް ގެއްލޭނީ ދިވެހި ވަންތަކަމެވެ.
ދާއިމަށް ހިތާމަކުރަން ޖެހޭނެ މަޝްރޫއަކަށްވުން ފިޔަވާ މި މަޝްރޫއިން ލިބޭނެ ފައިދާއެއް ނެތެވެ. ދިވެހި ދުސްތޫރާއި ގާނޫނުތަކަކީ އިސްލާމް ދީން އަސްލެއްކަމަށް ބަލައިގެން ފަރުމާކުރެވިފައިވާ އެއްޗިއްސެވެ. ޔަހޫދީމާލެ މަޝްރޫއު އާއި އެކު އެ ސިފަ ގެއްލޭނެއެވެ. އިސްލާމީ ސިފަތަކާއި ބީރައްޓެހި ކޮންމެ މަޝްރޫއަކީ ދިވެހީންނަށް ހަރާމް މަޝްރޫއަކަށް ވާނެކަމީ ކަށަވަރު ކަމެކެވެ.




