ބޮޑު ޝޭހު ލަތީފުގެ ބަދު ދުއާއެއް ބޮޑު ޅިޔަނު މުއިއްޒަށް އަމާޒުވުން
ދިވެހިންނަށް ރާއްޖެ ކަށްވަޅަކަށް ހަދަން މަސައްކަތް ކުރަނީ މުއިއްޒު
މާތް ކަލާނގެ ކުޅަދުން ވަންތަކަމެވެ. މީސް މީހުންގެ ހުންނަ މުނާފިގުކަމާއި ޖާހިލުކަމާއި ހަސަދަވެރިކަން އެނބުރި އެބަޔަކަށް ޖެހުމަކީ އައުކަމެއް ނޫނެވެ، ޝޭހުންގެ ވަންހައަކުން އުފެދިގެން ދީނީ ކާޑު ކުޅެމުން އެހެން މީހުން ކާފަރުކުރަމުން ލާދީނި ކުރަމުން އައި ވެރިކަމެއްގެ ނުބައިކަން ދިވެހިން މިހާރު މިދަނީ ތަހައްމަލު ކުރަމުންނެވެ.
ސަލަފީ ޖަނާބީންގެ ވެރިކަމަކީ ދިވެހިންނަށް ޖެހުނު ބަލާ މުސީބާތަކަށް ވެފައިވަނީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. ވައްކަމާއި ހިޔާނާތާއި ރިޝްވަތު ވެރިކަމުގެ ތެރޭގައި ކެކިއަރަނީއެވެ. ޝަހުވަތާއި އައްޔާސީ ކަމުގައި ހައްދެއް ނެތެވެ. ހައްޖާއި އުމުރާއަކީ ޓްރެވަލް ބިޒްނަސްއަކަށް ހަދައިފިއެވެ. ޒަކާތާއި ސޮދަގާތަކީ ފައިދާ ހޯދާ ވިޔަފާރިއަކަށް ބަދަލުކޮށްފިއެވެ. ރިބާއަކީ މާލީ ނިޒާމުގެ މައިބަދައަށް ހަދައިފިއެވެ.
އެންމެ ފަހުން މުދަލާއި ފައިސާއާއި މުއްސަދިކަމަށްޓަކައި ގައިރު މުސްލިމުން ރާއްޖޭގައި ވަޒަންވެރިކޮށް ރާއްޖޭގައި އޮތް ސައްތައިން ސައްތަ އިސްލާމީ ވަންތަކަން ނަގާލުމުގެ އަމަލީ މަސައްކަތްފެށީއެވެ. ދީނަށްޓަކާ ގައުމައްޓަކާ ބޮޑު ދިދަޔާ ވާހަކަދެއްކި ވެރިޔާ ކުރާންބުނި އެއްވެސް ކަމެއް ނުކޮށް ނުކުރާންބުނި ހުރިހާ ކަމެއް ކޮށް ނިންމަނީއެވެ.
ބޮޑު ޅިޔަނު މުއިއްޒުގެ ހުރިހާ މުޑުދާރު އަމަލެއް މަތިއަޅާދީ އޮބަހައްޓާ ދީނިކުލަ ޖައްސާދޭ އެކަކީ މާމިސްކިތުގެ މާމުދިކަން ދީފައި ހުރި ޝައިހު ލަތީފެވެ. ވަޒީރުން ފެންވަރުގައި މަހާރެހެންދި ސާޖިދާގެ ބޮޑުބޭބެ ލަފީތަށް ދީނީ އިމާމުކަން ދޭނީ ގައިމު ކަމެއް ވެގެންތާއެވެ. ބޭރުފުށުން ބޯކިރު ކޮލެއްގެ ސިފައިގައި ފެނުނަމަވެސް އާރާއި ބާރާއި ޖެހުމުން ހައްގަކީ ބާރުކަމަށް އެތިބެނީ ހަދައިގެންނެވެ.

ގައިރު ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވަން އުޅޭކަމަށް ބުނެ ކުރީ ސަރުކާރުގެ ދުވަސްވަރު ޝޭހު ލަތީފް ވަނީ އެތައް ވާހަކައެއް ދައްކާ ދީނު ފިތުނަ އުފައްދާފައެވެ. އެންމެފަހުން އެކްސްގައި އާއްމުކޮށް ފެންނާނޭހެން ވަނީ ބަދު ދުއާއެއްވެސް ކޮށްފައެވެ. 2020ގައި އޭނާ އެކުރި ބަދު ދުއާއެއް ކުށް ހީއަކަށެވެ. ހަގީގަތް ބެލުމެއްނެތި ނަފްރަތު އުފެއްދުމަށް ކުޅެލި ދީނީ ކާޑެކެވެ.
އާހިރުގައި ބޮޑު މިސްކިތު މާމުދިމު ކުރިން އެކުރި ބަދުދުއާ މިސްރާބުވެގެން ދަނީ ބޮޑުޅިޔަނު މުއިއްޒަށާއި ދީނީ ތާކިހާ އަޅައިގެން ލާދީނީ އާއިލީ ސަރުކާރަށެވެ. ލަތީފުގެ އެ ބަދުދުއާ ނިސްބަތްވަނީ އެސަރުކާރަކުން ވަޒީރެއްގެ މުސާރަ ލަތީފް ނަގާ ސްކޭމަރުންގެ ލާދީނީ ސަރުކާރަށެވެ. ލަތީފުގެ އެ ބަދުދުއާ ރައްދުވަނީ ގައިރު މުސްލިމުން ވަޒަންވެރި ކުރަން އަލައްބާރު މިލިޔަނުން ޑޮލަރ ދިން ބްރަދަރ އަބްދުއްލާ ސަލަފީ ކާޑް ކުޅެދޭ މުއިއްޒު ޅިޔަނަށެވެ.




