އެންމެ ބޭނުންވި ވަގުތު އެމްޑީޕީ ދިފާއުކޮއްދެއްވީ ޢާޒިމް

އެންމެ ބޭނުންވި ވަގުތު އެމްޑީޕީ ދިފާއުކޮއްދެއްވީ ޢާޒިމް

‏އާދަމް އާޒިމް އެމްޑީޕީ އާއި ގުޅިވަޑައިގަތީ ޕާޓީއަށް އެންމެ ބޭނުންވި ވަގުތުގައެވެ. ދެއްކެވީ އެކުވެރިކަމާއި، ކެތްތެރިކަމާއި، ތަފާތު މީހުންނާއެކު މަސައްކަތް ކުރައްވާ ނަތީޖާ ނެރުމުގެ ނަމޫނާއެވެ.

އެހާމެ ވާދަވެރިވާނެއެވެ. އެހެނަސް އެއްވެސް މީހަކާ އަދާވާތްތެރިއެއް ނުވާނެއެވެ. ދާނީ މުރާލިކަމާއެކު ކުރިއަށެވެ.

އެމްޑީޕީއަށް އެންމެ މުހިންމުވި ގަޑީގައި ނިކުންނަވާ ހުދުމުހުތާރު ވެރިކަމަކާ ވާދަކުރައްވާ އާޒިމާ ބަލިކޮށް އެމްޑީޕީއަށް މާލެ މޭޔަރުގެ ގޮނޑި ހޯދައި ދެއްވީ ހަމަ އާދަމް އާޒިމެވެ. 

އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި ހުރިހާ ކައުންސިލަރުން ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވުމުން ވެސް މޭޔަރކަން ދިފާއު ކުރައްވާ އެމްޑީޕީގައި ދެމި ހުންނެވިއެވެ.

ސަރުކާރުގެ ބޮޑު މެޖޯރިޓީ އޮތް ސިޓީ ކައުންސިލްގެ ތެރެއިން އެދޭ މާލެ ހޯއްދަވާ ދެއްވުމުގައި އިންޗި އެއްވެސް ދުލެއް ނުދެއްވާ އެމްޑީޕީގެ އާދަމް އާޒިމް އެ ހުންނެވީ ސާބިތުވެއެވެ. މިހާތަނައް ހަވާލުވި ހުރިހާ މަސައްކަތެއްގައި ސައްތައިން ސައްތަ ނަތީޖާ ވަނީ ނެރެދެއްވާވައެވެ.

‏މިއަދުވެސް ހުންނެވީ އެމް.ޑީ.ޕީއަށް ކާމިޔާބު ހޯދާދެއްވުމުގެ މަތިވެރި އަޒުމުގައެވެ. ނިކުމެ ހުންނެވީ އުނދަގުލުގައި މަސައްކަތް ކުރައްވައިގެން ވެސް ނަތީޖާ ނެރެދެއްވުމަށެވެ. 

އެމްޑީޕީ ސަރުކާރުން ސަތޭކަ އެތަކެއް ރަށުގައި އެއްފަހަރާ ބޮޑެތި މަސައްކަތް ކުރަމުން ދިޔައިރު ޝައުގުވެރިކަމާއެކު އަމަލީގޮތުން އެތަން ތަނަށް ވަޑައިގެން ގާތުން ބައްލަވާ މުރާލިކަމާއި އެކު ބައިވެރިވެ ވަޑައިގެން ކާމިޔާބީތައް ހޯއްދަވައި ދެއްވިއެވެ. އާދަމް އާޒިމަކީ ހަގީގި އެމްޑީޕީ އާޒިމެވެ.