ޒަޔަނިސްޓުން ވަޒަންވެރިކުރުވަން ވާއިރަށް އިހުތިރާމް ކެންޕޭނެއް

ޒަޔަނިސްޓުންނަށް އިހުތިރާމްކޮށްގެން އެކީ އުޅުމުގެ ދުރުރާސްތާ މަޝްރޫއު ރާއްޖެއަށް

ޒަޔަނިސްޓުން ވަޒަންވެރިކުރުވަން ވާއިރަށް އިހުތިރާމް ކެންޕޭނެއް

ޒަޔަނިސްޓުންނަށް އިހުތިރާމް ކުރުމުވުމުގެ ފުލާ މަޝްރޫއެއް 2017 ޖުލައި 21ގައި އެމެރިކާގެ ރައީސް ޓްރަމްޕް އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރު ސައޫދީ އަރަބިއާގެ ރިޔާޒްގައި ވަނީ ފަށާފައެވެ. ސައޫދީގެ ވެރިރަށް ރިޔާޒުގައި އެކަމަށް ހާއްސަ އިދާރާއެއް ގާއިމުކޮށް އެދުވަހު ހުޅުވިއެވެ. އިދާރާ ގާއިމުކުރީ ހައްދު ފަހަނައެޅުމުގެ ފިކުރާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ އިދާރާގެ ނަމުގައެވެ. 

2025 ވަނަ އަހަރު އދގެ ޖެނެރަލް އެސެމްބްޅިގައި އިޒްރޭލުގެ ޒަޔަނިސްޓް ބޮޑު ވަޒީރު ނަތަންޔާހޫ އިއުލާންކުރި އައު މެދުއިރުމަތި ތަސައްވުރަކީ ޖެރޫސަލަމުން މައްކާއަށް "ބްރަހަމީ ކޯޑް" އުފަންކުރުވީ އެ މަރުކަޒުންނެވެ. ޓްރަންޕާއި ނަތަންޔާހޫއާއި ސައުދީ ރަސްގެފާނު ސަލްމާނާއި މިސްރުގެ ރައީސް ސީސީގެ އަތުގުޅާލުމުގެ ރަމްޒަކީ ޖިއްދާގައި އެވެރިން ބޮސްދީ ފިރުމާހެދި ބިއްލޫރި ބޯޅައެވެ. މަޝްރޫއު ހިންގުމުގެ ޒިންމާ އުފުލަނީ ސައޫދީ ވަލީއަހުދާއި ޓްރަމްޕްގެ ދަނބި ދަރިއެވެ.

ގޭޓެޑް ކޮމިއުނިޓީއެއްގެ ތެރޭގައި ފަލަސްތީނު ރައްޔިތުން ބައިތިއްބައިގެމް މުޅި މެދު އިރުމަތި އިހުތިރާމް ކުރުމުގެ ނަމުގައި އިޒްރޭލް ފައިބުޑަށް ތިރިކޮށްލުމުގެ ސިލްސިލާގެ އެކި މަރުހަލާގެ މަސައްކަތް ބާރަށް ދަނީ ކުރިއަށެވެ. ޒަޔަނިސްޓުންގެ "ވިޗް ބޯލް" ޖާދޫގައި ނުޖެހޭ މުސްލިމު ގައުމެއް ވެރިއަކު މަދެވެ، 

2017 ގައި ނަޖިދު ކަރައިން ފެށުނު ޒަޔަނިސްޓުންނަށް އިހުތިރާމްކޮށްގެން އެމީހުންގެ ބަސްއަހައިގެން އުޅުމުގެ ދުރުރާސްތާ މަޝްރޫއު ރާއްޖެއަށް ވެސް ރަނގަޅަށް ފޯރައިފިއެވެ. ސައޫދީން ލީޑްކުރާ އަސްކަރީ އިއްތިހާދުގައި ރާއްޖޭން ބައިވެރިވެއްޖެއެވެ. ޒަޔަނިސްޓުންނަށް އިހުތިރާމްކޮށްގެން އެކީ އުޅުމަށް ރަސްމާލެ ފައްކާ ކުރަނީއެވެ. 

އެންމެ ފަހުން އިހުތިރާމް ކެންޕޭން ލޯންޖުކޮށް ޒަޔަނިސްޓުންނަކީ އަނިޔާ ލިބިފައިވާ ބައެއްކަމުގެ ފިލާވަޅުތައް އިހުތިރާމް ކުރުމުގެ ތެރެއިން ދިވެހި ޅަދަރީންނަށާއި ޒުވާނުންނަށް ދަސްކޮށްދޭނެއެވެ. ޒަޔަނިސްޓުންނާއެކީ އުޅުމަކީ އެއްވެސް ކަމެއް ނޫންކަމަށް ދިވެހިންނަށް ގަބޫލު ކުރެވެންދެން އިހުތިރާމް ކުރުމުގެ ކެންޕޭން އޮންނާނީ ހިނގަ ހިނގައެވެ.

ޖެރޫސަލަމުން މައްކާއަށް ބަދަހިވެގެންދާ އިހުތިރާމް ކުރުމާއި ބަދަހި އެކުވެރި ކަމުގެ ރަމްޒުގެ ގޮތުގައި އޮތީ " ވިޗް ބޯލް" އެކެވެ. ހިތްހެޔޮކަމާއި ހެޔޮ އެދުމާއި އަޅާލުމާއި މަރުހަބާ ކިޔާކަން ރަމްޒުކޮށްދޭ އިންތިހާއަށް ރޫހާނީ ބާރުގަދަ ގުޅުމެއްގެ ރަމްޒު ކަމަށްބުނާ ވިޗްބޯލެވެ. ރޭގައި މުއިއްޒު އިފްތިތާހުކުރި އިހުތިޜާމް ކެންޕޭންގެ ރަމްޒަކީ ވެސް އެއްކަލަ ވިޗް ބޯޅައެވެ. އަލައްބާރު ލައްވާ ޒަޔަނިސްޓުންނަށް ރަސްމާލެ ތައްޔާރު ކުރުމުގެ މަޝްރޫއާއި އެކު ސައޫދީގެ ރިޔާޒުގައި ޓްރަމްޕް ފަށާދިން އިހުތިރާމް ކެންޕޭން މާލޭގައި މުއިއްޒު ފަށާދިން ފަށާދިނުމަކީ ކޮންފަދަ ބޮޑު އިއްތިފާގެއް ހެއްޔެވެ.