ޕްރައިމަރީގައި ވަކިކެންޑިޑޭޓަކަށް ތާއީދެއް ނުކުރަން: ޝާހިދު
ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރުމަކީ ގަބޫލު ކުރައްވާ އުސޫލެއްނޫން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމް.ޑީ.ޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިރޭ ކުރެއްވި އެކްސްޕޯޓެއްގައި އެމްޑީޕީގެ ރައީސް ވިދާޅިވީ އެމް ޑީ ޕީ ގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާއި އެކު ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
ހެޔޮ ރަޙްމަތްފުޅުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމް ޑީ ޕީ އަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ ކަމަށް ޔަގީންކަމާއެކު އުއްމީދު ކުރައްވައެވެ.






