އިސްތަށިގަނޑަށް އަލްމަންޑް ތެޔޮވަރެއް ނެތް!

ފައިދާތަކާއި، ބޭނުންކުރާނެ ގޮތްތަށް މިއޮތީ!

އިސްތަށިގަނޑަށް އަލްމަންޑް ތެޔޮވަރެއް ނެތް!

އެންމެންވެސް އެދޭ އެއް ކަމަކީ ދުޅަހެޔޮ، ވަރުގަދަ އިސްތަށިގަނޑެއްގެ ވެރިއަކަށް ވުމަށެވެ. ނަމަވެސް، ތަޣައްޔަރުވުމާއި، ހޫނުގަދަވުމުގެ ސަބަބުންނާއި،ދިރިއުޅުމުގެ އާދަތައް ބައްޓަންކުރެވޭ ގޮތުންނާއި، ތިމާގެ ވަށައިގެންވާ މާހައުލުގައި  ހުންނަ ތަފާތު ކަންތައްތަކުގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުން ލިބޭލެއް އަވަސްވެގެންދެއެވެ.

އެހެންކަމުން، ގިނަ ބަޔަކު  ގޭގައި އިސްތަށިގަނޑަށް ދެވޭނޭ ފަރުވާތަށް ބޭނުންކޮށްގެން އިސްތަށިގަނޑު ވަރުގަދަކޮށް, ދިރުވުމަށް މަސައްކަތް ކުރެއެވެ. އެގޮތުން  އިސްތަށިގަނޑަށް ދެވޭނޭ އެއް ފަރުވާ ކަމަށްވާ، އާންމުކޮށް އެންމެންވެސް ބޭނުންކުރާ އެއް ފަރުވާއަކީ އަލްމަންޑް އޮއިލް އެވެ!

އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށް، ތެތްކަން ދެމެހެއްޓުމާއި ހަމައަށް އިސްތަށިގަނޑަށް އަލްމަންޑް އޮއިލް ބޭނުންކުރުމުން ތަފާތު ފައިދާތަކެއް ލިބެ އެވެ. އެގޮތުން:

1. އިސްތަށިގަނޑު ހަންފޮޅުމާއި، ހިކުމުން ދުރުކޮށްދޭ

އިސްތަށިގަނޑު ދުޅަހެޔޮކޮށް ދެމެހެއްޓުމަށްޓަކައި އިމޮލިއެންޓްސް މުހިއްމު ދައުރެއް އަދާކުރެއެވެ. މިއީ ހަމުގެ ތެތްކަން އިތުރުކޮށްދީ، އެޓޮޕިކް ޑަރމަޓައިޓިސް ހިމެނޭ ގޮތަށް ހަމުގެ އެކި ބަލިތައް ބޮލުގެ ތަލައަަށް ޖެހުމުން ދުރުކޮށްދޭ ވަސީލަތެކެވެ. 

2. އިރުގެ ހޫނުގަދަ އަވިން އިސްތަށިގަނޑު ހަލާކުވުމުން ރައްކާތެރިކޮށްދޭ

އިރުގެ ހޫނުގަދަ އަވިން އއިސްތަށިގަނޑަށް އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ގެއްލުން ލިބިދާނެއެވެ.  އިސްތަށިގަނޑަށް މާގިނައިން އަވީގައި ޖެހުމުން އިސްތަށިގަނޑުގެ ފައިބަރތަކަށް ގެއްލުން ލިބި، އިސްތަށިގަނޑުގެ ރީތިކަމާއި އޮމާންކަން ގެއްލުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން، އިސްތަށިގަނޑަށް އަލްމަންޑް އޮއިލްގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާ އަކީ އިސްތަށިގަނޑުގައި ހޫނު އަވީގެ ސަބަބުން އުފެދޭ ސްޓްރަކްޗަރަލް ގެއްލުންތަކުން އިސްތަށިގަނޑު ރައްކާތެރިކުރުމުގައި މި ތެލުގައި ހިނެމޭ ފެޓީ އެސިޑްތައް ހަރަކާތްތެރިވާތީއެވެ.

3. އިސްތަށިގަނޑު ދިގުވުމަށް އެހީތެރިވެދޭ

އިސްތަށި ފޭބުމަކީ މިއަދު ގިނަ ބައެއްގެ ނުހަނު ބޮޑު ކަންބޮޑުވުމަކަށްވެފައިވާއިރު، އަލްމަޑް އޮއިލްއަކީ އިސްތަށިގަނޑުގެ ހެދިބޮޑުމަށް އެހީތެރިވުމާއި ދިގު އިސްތަށިގަނޑެއް ލިބުމަށް މަގުފަހި ކޮށްދޭ އެތަކެއް މާއްދާތަކެއް އެކުލެވޭ ތެލެކެވެ.

އިސްތަށިގަނޑަށް އަލްމަންޑް ތެޔޮ : ރީތި އިސްތަށިގަނޑަށް ބޭނުންކުރެވޭނެ ފައިދާހުރި 3 ގޮތެއް މިއޮތީ!

  • އިސްތަށިގަނޑަށް މަސާޖުކުރުން

އިސްތަށިގަނޑު ދިގުކުރުމަށް އަލްމަންޑް ތެޔޮ ބޭނުން ކުރުމަށް އެންމެ ރަނގަޅު އެއް ގޮތަކީ އިސްތަށިގަނޑުގައި ތެލެއްގެ ގޮތުގައި ބޭނުން ކުރުމެވެ. ފިނި އަދި ހޫނު މޫސުމުގައި ތެޔޮ ބޭނުން ކުރުމުގެ ކުރިން ކުޑަކޮށް ހޫނުކޮށްލެވިދާނެ އެވެ.ރޭގަނޑު ނިދުމުގެ ކުރިން ތެޔޮ ހާކާލުމަށްފަހު ޖެހިގެން އަންނަ ދުވަހު ދޮވެލެވިދާނެ އެވެ.

  • ކޮންޑިޝަނަރ އާއި އެއްކޮށްލުން

އަލްމަންޑް ތެލަކީ އިސްތަށިގަނޑުގެ ތެތްކަން ހިފަހައްޓާ އެއްޗެކެވެ. އެހެންކަމުން ބޮލުގެ އިސްތަށިގަނޑަށް އަބަދުވެސް ހިކިފައިވާ ކަން އިހުސާސް ކުރެވޭނަމަ އާދައިގެ ކޮންޑިޝަނަރ ނުވަތަ ހެއަރ މާސްކާކާއި އެކު އަލްމަންޑް އޮއިލް އެއްކޮށްލުމުން މަޑު އަދި ދުޅަހެޔޮ އިސްތަށިގަނޑެއް ލިބިގެންދާނެ އެވެ. މިގޮތަށް ތެތް އިސްތަށިގަނޑުގައި އުނގުޅާލުމަށްފަހު، ދޮވެލުމުގެ ކުރިން 5 އާއި 8 މިނެޓް ވަންދެން މަޑުކޮށްލާށެވެ.

  • ގަވާއިދުން ބޭނުން ކުރުން

އަލްމަންޑް އޮއިލް އަކީ ގަވާއިދުން ބޭނުންކޮށްފިނަމަ އޭގެން ގިނަ ގުނަ ނަތީޖާތަކެއް ނެރެދެވޭނެ ތެލެކެވެ. ހަމައެއާއެކު، އަލްމަންޑް ތެޔޮ ބޭނުންކުރާއިރު، އެހެން ތެލަކާއި އެއް ކޮށްލައިގެންވެސް ބޭނުންކޮށްލެވިދާނެއެވެ.