ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެނީ!.

ކޯވިޑްގެ އާ ރާޅެއްގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުން

ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެނީ!.

އިންޑިއާއިން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިއްޖެއެވެ.

ކޭޕީ2 ގެ ނަމުން ނަން ދެވިފައިވާ މި ވޭރިއަންޓްގެ 91 ކޭސް އިންޑިއާގެ މަހާރާޝްތުރާ އިން މިހާރު ރިކޯޑް ކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޮމައިކްރޮން ވައްތަރުގެ ވޭރިއަންޓެއް ކަމުގައިވާ ކޭޕީ.2 ވޭރިއަންޓް އެމެރިކާގައި ވެސް އަންނަނީ ވަރަށް ހަލުވިކަމާއެކު ފެތުރެމުންނެވެ.

ހޫނު މޫސުމުގެ މަސްތައް ކައިރިވަމުން އަންނައިރު، ކޯވިޑްގެ އާ ރާޅެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ.

އެގޮތުން، ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ އިންފެކްޝަސް ޑިޒީޒްގެ މާހިރެއް ކަމަށްވާ ޑރ ޕީޓާ ޗިން ހޮންގް އޭބީސީ ނިއުސްއަށް ވިދާޅުވީ ކުރީގައި އައި ކޮވިޑްގެ ރާޅާއި އެއްވަރަށް މި ފަހަރު ބަލީގެ ބާރުގަދަ ނުވެދާނެ ކަމަށެވެ. އެހެންނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.