އެމްޕޮކްސް އާއްމު ވުމުގެ ބިރު

13000އަށްވުރެ ގިނަކޭސް އެފްރިކާގައި

އެމްޕޮކްސް އާއްމު ވުމުގެ ބިރު

ކުރިން މަންކީޕޮކްސް ކަމަށް ކިޔާ ހައި އިންފެކްޝަސް ޑިޒީޒް އެމްޕޮކްސް އަކީ ސިއްހީ ކުއްލި ނުރައްކަލެއްގެ ގޮތުގައި އެފްރިކާގެ އެންމެ މަތީ ސިއްހީ އިދާރާއިން އިއުލާންކޮށްފިއެވެ.

އެފްރިކާ ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) ގެ ސައިންސްވެރިން ބުނާ ގޮތުގައި އެމްޕޮކްސްގެ އާ ސްޓްރެންޑެއް ފެތުރެމުންދާ ސްޕީޑުން އެމީހުން ބިރުގަންނަކަމަށެވެ.

މި އަހަރު ފެށުނު ފަހުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި 13،700 އަށް ވުރެ ގިނަ ކޭސްވަނީ ފެނިފައިވެ. އަދި 450 މީހުން ވަނީ މިބަލީގަ މަރުވެފައިއެވެ.

މިވައިރަސް ވަނީ ބުރޫންޑީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް (ސީއޭއާރު) ކެންޔާ އަދި ރުވާންޑާ ފެތުރެން ފަށާފައިއެވެ.