ދިވެހިރައްޔިތުންނަށް މުއިއްޒު ކުރި ބޮޑު މަލާމާތަކާއި ފުރައްސާރައެއް
އަލައްބާރު ސިޓީން ޕްރޮޕަޓީ ގަނެވޭނެ ދިވެއްސަކު މަދުވާނެ
ދިވެހިންގެ ގިނަ މީހުންނަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހުންނެވެ. މާލެ ސަރަހައްދުގައި ގިނައިން އުޅެނީ ކުލީގެ އަޅުންނެވެ. ސޯސަލް ހައުސިންގެ ދަށުން ވެސް ދެކޮޓަރި ނުވަތަ ތިންކޮޓަރީގެ ފްލެޓްގަޑެއް ލިބިގެން އުޅެނީވެސް މަދުބައެކެވެ. ލިބިފައި އޮތް ފްލެޓްގަނޑަށް ގަވައިދުން ދައްކަންޖެހޭ ފައިސާ ވެސް ދެއްކެނީ މަދު ބަޔަކަށެވެ.
އަނެއްކޮޅުން މާލެ ސަރަހައްދު ނޫން ރަށްރަށުގައި ގިނަ މީހުން ތިބީ ގޯތި ނުލިބިފައެވެ. ގޯތި ލިބޭ މީހަކަށް އެތަނުގައި ދިރިއުޅެލެވޭ ވަރުގެ ތަނެއް ހަދައިގެން ހަމަޖެހިލައިގެން އުޅެލެވޭވަރުގެ މީހުން ދާދި މަދެވެ. އާބާދީގެ ބޮޑުބައި ތިބީ ބޯހިޔާވަހި ކަމަށްޓަކައި ލޯނު މަޅީގައި ޖެހި ހަތަރު އުދަރެސް ފެނުޖެހިފައެވެ.
މާލެ ސަރަހައްދުގައި އަޅާފައިވާ ލަގްޒަރީ އެޕާޓްމަންޓްތަކުން ގިނަ ތަންތަން ގަނެގެން އުޅޭ ގިނަ މީހުން ވެސް އުޅެނީ ލޯނު ނަގައިގެން ދަރާ ބޯ ނުހިކިގެންނެވެ. ފަސް އިގިލިން ގުނާލެވޭ ވަރުގެ މަދު އަދަދެއްގެ ބަޔަކަށް ނޫނީ މިހާރު އެ ވިއްކާ އާދައިގެ އެޕާޓްމަންޓެއް ގަނެލެވޭ ވަރުގެވެސް ތަނަވަސް ކަމެއް ނެތެވެ. ދިވެހީންގެ ބޯހިޔާވަހިކަމާއި ތަނަވަސްކަން ހުރީ މި ދަރަޖައިގައެވެ.
އެހެން އެކަން އޮއްވާ އީގަލް ހީލްސުން ބިނާކުރާ ރަސްމާލެއިން ޕްރޮޕަޓީ ގަތުމުގެ ފުރުސަތު ދިވެހީންނަށް ތަންމިނަށް އޮންނާނެކަމަށް ބުނެ "ނޭޝަން ޗެޓް" ގައި ދިވެހީންނަށް ރައީސް މުއިއްޒު އެކުރީ މަލާމާތެކެވެ. ފުރައްސާރައެކެވެ.
މުއިއްޒު އެ ބުނާގޮތަށް އަލައްބާރު ސިޓީން ޕްރޮޕަޓީއެއް ގަނެވޭވަރުގެ ތިބީ ކިތައް ދިވެހީން ހެއްޔެވެ. އަލައްބާރު ސިޓީއަކީ މުއިއްޒު އެ ބުނާހެން ޕްރޮޕަޓީ ދިވެހިންނަށް ގަނެވޭ ވަރުގެ ތަކަށް ނުވާނެއެވެ. ދުނިޔޭގެ މަހުޖަނުންނަށް އަމާޒުކޮށްގެން ބިނާ ކުރަންއުޅޭ ތާކުން ދިވެހިންނަށް ޕްރޮޕަޓީ ވިއްކާ ވާހަކަ ގައުމުގެ ރައީސް ދެއްކުމަކީ ރައްޔިތުންނަށް ކުޑައިމީސް ކުރުމެކެވެ. މުއިއްޒުގެ އެ ވާހަކައިގެ ނިޔަތް ރަނގަޅުނަމަވެސް އެކަމުން ދޭހަވަނީ ގައުމުގެ ރައްޔިތުންގެ ހާލަތު ގައުމުގެ ރައީސަށް ނޭނގޭވަރެވެ.
ރައްޔިތުންނަށް އޮޅުވާލަން އަތްގުޅި ނުކާވަރުގެ ބޮޑެތި ވާހަކަ މުއިއްޒު ދެއްކިޔަސް ހަގީގަތަކީ އެއީއެއް ނޫނެވެ. އަލައްބާރު ސިޓީގައި ގިނައިން ވަޒަންވެރި ވާނީ ޒަޔަނިސްޓް މަހުޖަނުންނެވެ. ސްކޭމަރުންނާއި މާފިޔާ ލީޑަރުންނެވެ. ޑްރަގް ލޯޑުންނާއި ޖުވާރީންނެވެ. ރާއްޖޭގައި ގާއިމުކުރާ އައްބާރު ސިޓީ ވެގެން ދާނީ މަނީ ލޯޑަރިންގ މެޝިނަކަށެވެ. އައްބާރުސީޓީގައި ދިވެހިންނަކަށް ޖާގައެއް ނޯންނާނެއެވެ. ދިވެހި ގާނޫނެއް ނުހިނގާނެއެވެ. އައްބާރު ސިޓީ ވެގެން ދާނީ ރާއްޖޭގައި ގާއިމުކުރެވޭ އަދިރި ދައުލަތަކަށެވެ. މެލޭސިޔާގެ ފޮރެސްޓް ސިޓީ އާއި އެނޫންވެސް އެފަދަ ރެސިޑެންސީތަކުން އެހަގީގަތް އެއޮތީ ފެންނާށެވެ.




