ސަލަފުގެ ތާއީދެއް ރައްޔިތުންނަކަށް ބޭނުމެއް ނުވާނެ : ދީދީ

ރައްޔިތުންނަށް ހިޔާނާތްތެރި ނުވުމަށް ގޮވާލީސް

ސަލަފުގެ ތާއީދެއް ރައްޔިތުންނަކަށް ބޭނުމެއް ނުވާނެ : ދީދީ

ދައުލަތުގެ ސިޔާދަތު ތަމްސީލުކުރާ ރައްޔިތުންނަށް ސަލަފު ޖަމްއިއްޔާގެ ތާއީދު ބޭނުމެއް ނުވާނެކަމަށް ކުޜީގެ އުއްތަމަފަނޑިޔަރު ޑރ. އަހުމަދު އަބުދުއްލާ ދީދީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ސިޔާދަތާގުޅޭ ކަންކަމުގައި ސަލަފު ޖަމްއިއްޔާއަށް އޮތީ ކޮން މެންޑޭޓެއްތޯ ޑރ.ދީދީ ސުވާލު އުފެއްދެވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ރަސްމާލޭ ގައި ބިދޭސީން ގަރުނަކަށް ފަހު ގަރުނަކަށް ދެމިގެންދާ ގޮތަށް ގައިރު މުސްލިމުން ހިމެނޭހެން ، ބިދޭސީން ވަޒަންވެރި ކުރުވުމަކީ 5 އަހަރުގެ މުއްދަތަށް ވެރިކަންހިންގުމުގެ ބާރު ރައްޔިތުން ހަވާލުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށާއި، އޭނާގެ ސަރުކާރަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެ ބާރަކީ ހަމައެކަނި ސިޔާދަތުގެ ވެރިންކަމުގައިވާ ރައްޔިތުންގެ ބާރެއްކަމަށްވެސް ޑރ. ދީދީ ވިދާޅުވެއެވެ.

ސަލަފު ޖަމްޢިއްޔާގެ ޝަރްޠު ތަކުގެތެރޭގައި ސަރުކާރުން ކަށަވަރުކޮށްދޭން އެދިފައިވާ ކަންކަމަކީ ސަރުކާރަށް ކަށަވަރުކޮށްދިނުން މުސްތަޙީލު ކަންކަންކަމުގައި ވާއިރު، ސަލަފުގެ ޢިލްމުވެރިންގެ އިހުލާސްތެރިކަމެއް އޮތްނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްލާމީ ވަހުދަތު ގެއްލިގެން ހިނގައިދާނެ ފަދަ ކަންކަމުން ދުރުވެ، ދައުލަތާއި ރައްޔިތުންނަށް ހިޔާނާތްތެރި ނުވުމަށް ރައީސް މުޢިއްޒަށާއި ސަރުކާރަށް ގޮވާލީސްކަން ކަށަވަރުކަމަށް ވެސް ޑރ.ދީދީ ވިދާޅުވިއެވެ.