‎ޖެކްލިންގެ މަނީލޯންޑަރިން އަޑުއެހުން ސެޕްޓެމްބަރމަހު

ޖެކުލިންގެ އިތުރުން ސުކޭޝް މައްޗަށްވެސް ވަނީ ދައުވާކޮށްފަ

‎ޖެކްލިންގެ މަނީލޯންޑަރިން އަޑުއެހުން ސެޕްޓެމްބަރމަހު

މަނީ ލޯންޑަރިންގެ  މައްސަލައެއްގައި ތުހުމަތު ކުރެވޭ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކުލިން ފެނާންޑޭޒްގެ އެންމެ ފަހު އަޑުއެހުން އަންނަ ސެޕްޓެމްބަރު މަހަށް ތާވަލްކޮށްފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ދިއްލީ ހައިކޯޓުގައި ތާވަލް ކޮށްފައިވާ މި މައްސަލައިގައި ޖެކުލިންގެ އިތުރުން ސުކޭޝް މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ.

ކަފާލާތުގެ ދަށުން މިހާރު މިނިވަންވެފައިވާ ޖެކުލިންއަށް ކޯޓުގެ ހުއްދަައަކާނުލާ އިންޑިއާއިން ބޭރަށް ދިޔުން މަނާ ކުރުމާއި އެކު، 50000 ރުޕީސް އިން ޖޫރީމަނާ ކޮށްފައިވެއެވެ.

ސުކޭޝްއާއި ޖެކުލިންގެ މައްޗަށްކޮށްފައި ވަނީ  ސުކޭޝް ގަވާއިދާ ހިލާފަށް ހޯދާފައިވާ ފައިސާ ބޭނުން ކޮށްގެން ޖެކުލިން އަށް އަގުބޮޑު ހަދިޔާތަށް ދީފައިވާ ކަމުގެ ތުހުމަތެވެ. ހަމައެއާއިއެކު، ޖެކުލިން މައްޗަށް ކުރާ ތުހުމަތަކީ ސުކޭޝް އޭނާއަށް ދިން ހަދިޔާތަކަކީ ގަވާއިދާއި ހިލާފަށް ހޯދާފައިވާ އެއްޗެއްކަން އެނގިހުރެ، ހަދިޔާތައް ގަބޫލު ކޮށްފައިވާ ކަމުގެ ތުހުމަތާއި މައްސަލައިގެ ހެކި ނައްތާލަން އުޅުނު ކަމުގެ ތުހުމަތެވެ.

ޖެކުލިންއަކީ ސްރީލަންކާގެ ރައްޔިތެއް ނަމަވެސް އޭނާ ދިރިއުޅެމުން އަންނަނީ އިންޑިއާގައެވެ. އޭނާއަކީ "ހައުސްފުލް"، "ރާދޭ" އާއި "ސެލްފީ" ފަދަ ފިލްމްތަކުން ފެނިފައިވާ މަޟްހޫރު ފަންނާނެކެވެ.