ރައީސް ސޯލިހު މޭޔަރ އާޒިމަށް ނަސޭހަތްތެރިވެ ވަޑައިގެންފި
އެމްޑީޕީގެ މުސްތަޝާރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޭޔަރ އާދަމް އާޒިމް އިއްޔެ ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.
މޭޔަރ އާދަމް އާޒިމަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބުވެ ވަޑައިގަތުމުން ރައީސް ސޯލިހު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ، އާދަމް އާޒިމަކީ ހެޔޮ ބަސް އަޑު އައްސަވާ ގަބޫލުކުރައްވާ ބޭފުޅެކެވެ.
އާދަމް އާޒިމް ހޯއްދެވި ކާމިޔާބީ ރައީސް ސޯލިހު ދެކިވަޑައިގަތީ މާލޭ މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގެ ރައްޔިތުންނަށް އާދަމް ކޮށްދެއްވި ހިދުމަތްތައް އެމްޑީޕީގެ މެންބަރުން ބަލައިގަތްކަމެއްގެ ގޮތުގައެވެ.
ކެމްޕެއިން ތެރޭގަ ވަރަށް ގިނަ މާލޭގެ މެންބަރުންނާ ބައްދަލުވެ ވަޑައިގެންފައިވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ މާލޭގެ އެ މީހުންގެ އިހުސާސްތަކާއި އެ މީހުން އެދޭ ގޮތްތައް ވެސް ވަނީ އަޑު އިވި ވަޑައިގންފައިވާނެ ކަމަށެވެ.
މާތް އަމުރާއި އިރާދަފުޅާއެކު އަލުން މޭޔަރު ކަމަށް ހޮވިވަޑައިގެންފިނަމަ އެ އިހުސާސްތަކާ އެ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެންނެވުމަށް މަސައްކަތް ކުރައްވަން މޭޔަރ އާޒިމަށް ރައީސް ސޯލިހު ނަސޭހަތްތެރިވެ ވަޑައިގަތެވެ.




