ޑިޖިޓަލް ވައިލޭޝަންއަކީ ހަގީގީ އަނިޔާއެއް: ރައީސް ސޯލިހު
ޑިޖިޓަލް ވައިލޭޝަންއަކީ ވެސް ހަގީގީ އަނިޔާއެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއެވެ. މިފަދަ ކުޑަ މުޖުތަމައެއްގައިވެސް މިއީ ވަރަށް އާންމު ކަމެއްކަން ހިތާމަޔާއެކު ރައީސް ސޯލިހު ފާހަގަ ކުރައްވައެވެ.
ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިން ހިމާޔަތްކުރުމަށް އަޅުގަނޑުމެން ދިވެހީން ކަނޑައެޅި އަޒުމް ވަރުގަދަ ކުރަންޖެހޭކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ. އަދި މިފަދަ ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް ގޮވާލަންޖެހޭކަން ރައީސް ސޯލިހު ފާހަގަކުރައްވައެވެ.
އަންހެނުންނާއި ކުޑަކުދިނަށް ބިރުވެރިކަމެއްނެތް އަނިޔާވެރިކަމުން އެއްކިބާވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން ވެފައިވާ ވައުދު ތަކުރާރު ކުރައްވާކަމަށް ކުރީގެ ރައީސް އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވެއެވެ.
ރައީސް ސޯލިހު ވިދާޅުވަނީ "ޖެންޑަރ ބެސްޑް ވައިލެންސްއާ ދެކޮޅަށް މިއަހަރު ހިންގި 16 ދުވަހުގެ ކެމްޕޭން ނިމުމަކަށް އަންނައިރު، އަންހެނުންނާއި ކުޑަކުދިނަށް ބިރުވެރިކަމެއްނެތް އަނިޔާވެރިކަމުން އެއްކިބާވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން އަލުން އަޅުގަނޑުމެންގެ ވަޢުދު ތަކުރާރު ކުރަން" ކަމަށެވެ.
ރައީސް ސޯލިހު އެހެންް ވިދާޅުވެފައިވަނީ ޖެންޑަރ ބެސްޑް ވައިލެންސްއާ ދެކޮޅަށް މިއަހަރު ހިންގި 16 ދުވަހުގެ ކެމްޕޭން ނިމުމަކަށް އަންނަ ދަނޑިވަޅާ ދިމާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

