ސްނާމީގައި ދެެއްކި އެއްބައިވަންތަކަމުގެ މިސާލުން ހިތްވަރު ލިބިގަނޭ: ރައީސް ސޯލިހު
ސްނާމީގެ ދުވަހު ދިވެހީން ދެެއްކި އެއްބައިވަންތަކަމާއި އަނެކާއަށް އަޅާލުމުގެ ރިވެތި މިސާލުން ހިތްވަރު ލިބިގަތުމަށް ރައީސް ސޯލިހު ގޮވާލައްވައިފިއެވެ. ސުނާމީ ކާރިސާގައި ޝަހީދުވި ފަރާތްތަކުގެ ހަނދާނާއި އައު ކުރައްވާ އެކްސްގައި ރައީސް ސޯލިހު ޕޯސްޓެއް ކުރެއްވީ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެންނެވެ.
އެއްބައިވަންތަކަމުގެ ދުވަހުގައި ސުނާމީ ކާރިސާގައި ޝަހީދުވި ފަރާތްތަކުގެ ހަނދާނާއި ޒިކުރާ އައު ކުރައްވާ ކަމަށް ވިދާޅުވަމުން ރައީސް ސޯލިހު ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ " އެދުވަހު އަޅުގަނޑުމެން ދިވެހީން ދެެއްކި އެއްބައިވަންތަކަމާއި އަނެކާއަށް އަޅާލުމުގެ ރިވެތި މިސާލުން ހިތްވަރު ލިބިގަނެ އަބަދުވެސް ބަދަހި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދިވެހީން ދަމަހައްޓަވާށި" ކަމަށެވެ.
އެއްބައިވަންތަ ކަމުގެ ދުވަހަކީ 2004 ގެ ސްނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އަހުވަންތަކަން ދަމަހައްޓާ ސްނާމީގައި ޝަހީދުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ ހަނދާން އައުކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. އެއްބައިވަންތަ ކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 26 އެވެ. ސްނާމީގެ ބިރުވެރި ހާދިސާ ހިނގީ 26 ޑިސެމްބަރ 2004 ގައެވެ.




