މުހިންމީ ރިޕޯޓް ނެރުމެއް ނޫން | މުހިންމީ ޒިންމާކުރުވުން: ފިރާގު

މައްސަލަތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާކުރުވާ

މުހިންމީ ރިޕޯޓް ނެރުމެއް ނޫން | މުހިންމީ ޒިންމާކުރުވުން: ފިރާގު

ފައިސާ އިސްރާފުކުރުމާއި، އިދާރީ ބޮޑެތި އޮޅުންތަކާއި ، ދައުލަތުގެ ފައިސާ ނުރަނގަޅު ގޮތުގައި ބޭނުންކުރުމާ ގުޅޭ ބޮޑެތި ކަންކަން ދައުލަތުގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަވާކަމަށް ވިދާޅުވެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްދު ފިރާގު ކަންބޮޑުވުން ފާޅުކުރައްވައެވެ. 

އިނަރމޯލްޑިވްސް ފިރާގު ވިދާޅުވާ ގޮތުގައި ހަމައެކަނި އަދަދުތައް ހިމަނައި ރިޕޯޓެއް ނެރުމަކީ ފުދޭނެ ކަމެއް ނޫނެވެ. އެ ކަންކަމާ ގުޅޭ ފަރާތްތަކާ މެދު ފުރިހަމަ ތަހުގީޤެއް ކުރަންޖެހޭކަމަށާއި އިސްރާފުވެފައިވާ ދައުލަތުގެ ފައިސާ އަނބުރާ ހޯދަންޖެހޭކަމަށް ފިރާގު ވިދާޅުވެއެވެ.

ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވިމާއި އިސްރާފުވުމުގައި ޒިންމާވާ ފަރާތް ތަކަށް ދައުވާކޮށް ކުށް ސާބިތުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް  ފިރާގު އުންމީދުކުރައްވައެވެ.

ފިރާގު ވިދާޅުވާ ގޮތުގައި މުހިންމީ ރިޕޯޓު ނެރުމެއް ނޫނެވެ.  މުހިންމީ މައްސަލަތަކަށް ޒިންމާވާ ފަރާތްތައް ޒިންމާ ކުރުމެވެ.

ފަހަކަށް އައިސް ނެރޭ އޮޑިޓް ރިޕޯޓްތަކުގައި ބޮޑެތި އަދަދުތަކުން ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވުމާއި އިހުމާލުން ފައިސާ އާއި މުދާ އިސްރާފު ވުމުގެ ގިނަ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.