ފާހާނާއަށް ވެއްޓި އަދިއްތިޔާ ސިންގް މަރުވެއްޖެ

މިދިޔަ ދެތިން ދުވަހު ރައްޓެހިންނާ އެކު ޕާޓީ ކުރަމުން އައިކަމަށް ފުލުހުން ބުނޭ

ފާހާނާއަށް ވެއްޓި އަދިއްތިޔާ ސިންގް މަރުވެއްޖެ

މަޝްހޫރު ރިއަލިޓީ ޝޯ "ސްޕްލިޓްސްވިލާ" އާއި ޑިޓެކްޓިވް ޝޯ "ކެމްބަލާ އިންވެސްޓިގޭޝަން އެޖެންސީގައި" އާއި "މައިން ގާންދީ ކޯ ނާހީ މާރާ "ފަދަ ފިލްމުތަކުގައި އެކްޓްކުރި އެކްޓަރު އަދިއްތިޔާ ސިންގް ރާޖްޕޫތު ވަނީ ހޯމަ ދުވަހު މަރުވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި އަދިއްތިޔާ ހެނދުނު 11 ޖެހާކަށް ހާއިރު ހޭލައިގެން ހެނދުނުގެ ނާސްތާއަށް ފަހު މެންދުރު 2.30 ހާއިރު އޭނާ ގާތުގައި މަޑުކޮށްގެން ހުރި ގޭގެ އެހީތެރީން ގާތު މެންދުރުގެ ކެއުމަށް ކޮންމެވެސް ކާއެއްޗެއް ހަދަން ބުނެފައިވާކަމަށްވެއެވެ. މޭނުބައިކުރާތީ އަނެއްކާވެސް ފާޚާނާއަށް އޭނާވަނެވެ. އޭގެ ދެތިން މިނެޓް ފަހުން ގޭގެ އެހީތެރިންނަށް ބާރުއަޑެއް އިވި އެހީއަށް ގޮވާލިއަޑު އިވުނު ކަމަށްވެސް ވެއެވެ. އަދި އޭނާ ވެއްޓި ޖެހުނު ތަނުން ވަނީ ބައެއް ޓައިލްސް ތައްވެސް ތަޅައިގެން ގޮސްފައިއެވެ. . 

އޮޝިވާރާ ޕޮލިހުން ވަނީ މި މައްސަލަ އަކީ އެކްސިޑެންޓްވެގެން މަރުވި މައްސަލައެއް ކަމަށް ރަޖިސްޓްރީކޮށްފައިއެވެ.

ސީނިއާ އިންސްޕެކްޓަރަކު ބުނިގޮތުގައި އުމުރުން 32 އަހަރުގެ އެކްޓަރު މިދިޔަ ދެތިން ދުވަހު އުޅުނީ ބަލިހާލުގައި ކަމަށެވެ. ނަމަވެސް އޭނާ ވަނީ އެއްވެސް ބޭހެއް ބޭނުން ކުރަން ދެކޮޅު ހަދާފައި ކަމަށެވެ. މި ހާދިސާ ހިގައިގެން ޓްރޮމާ ކެއާ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް ވެސް އިންސްޕެކްޓަރ ބުނެފައިވެއެވެ. އެ އެކްޓަރު މިދިޔަ ދެތިން ދުވަހު ރައްޓެހިންނާ އެކު ޕާޓީ ކުރަމުން އައިކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އަދިއްތިޔާ މަރުވި ޚަބަރު ފެތުރިގެން ދިޔަތާ މާގިނައިރުތަކެއް ނުވަނީސް އޭނާ ޑިޕްރެޝަންގައި ހުރި ކަމަށާއި މަސްތުވާތަކެތީގެ އޯވަޑޯޒް ވެގެން އުޅޭ ކަމުގެ ފޮޓޯތަކާއި މެސެޖުތަކުން ސޯޝަލް މީޑިއާ ވަނީ ފުރިފައެވެ.