ޝާހްރުކް ޚާންގެ ދަރިފުޅު ހައްޔަރުކުރި އޮފިސަރު މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް

ޝާހްރުކް ޚާންގެ ދަރިފުޅު ހައްޔަރުކުރި އޮފިސަރު މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ކުރީގެ އޮފިސަރު ސަމީރު ވަންޚޭޑޭ ވަނީ މި ދިޔަ އަހަރު އޮކްޓޯބަރ 10 ވަނަ ދުވަހު ކޯޑެލިއާ ކްރޫޒް ބޯޓަކަށް އަރާ މަސްތުވާތަކެތީގެ މައްސަލައެއްގައި އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން ހައްޔަރުކޮށްފައެވެ.

ޝާހްރުކް ޚާންގެ ދަރި ހައްޔަރުކުރި އޮފިސަރާއި، އިތުރު 3 މީހަކު މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް މިހާރު ދަނީ ހިނގަމުންނެވެ. 

ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހުކުރު ދުވަހު ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ކުރީގެ އޮފިސަރު ސަމީރު ވަންޚޭޑޭ ގެ އިތުރު ތިން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގައި އިންޑިޔާގެ 29 ތަނެއް ބަލައިފާސްކޮށްފައިއެވެ.

މައުލޫމާތު ލިބޭގޮތުން މި މައްސަލަ ފޫބެއްދުމަށް ޝާހުގެ ދަރިފުޅުގެ ކިބައިން 250 މިލިއަން ރުޕީސްއަށް ވަންޚޭޑޭ ޚާންމެން ވަނީ އެދިފައެވެ. އަދި މީގެތެރެއިން މިހާރުވަނީ ފަސް ލައްކަ ރުޕީސް އަދާކޮއްފައެވެ. މި ހަބަރު ސީބީއައިއަށް ލިބުމުން، ލިބުނު މައުލޫމާތާ އެއްގޮތަށް އެ މީހުން ވަނީ ޝައްކުކުރެވޭ ތަންތަން ބަލައި ފާސްކޮއްފައެވެ.